ސިންގަޕޫރުގެ ބޮޑުވަޒީރު ކަމުގެ އައު ދައުރަކަށް ލޮރެންސް ވޮންގ އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ސިންގަޕޫރުގެ އިންތިޚާބު ކާމިޔާބުކުރައްވައި ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ލޮރެންސް ވޮންގ އިންތިޚާބުވެވަޑައިގެންނުމާއި ގުޅިގެން މަރުޙަބާ ދަންނަވާކަމަށެވެ.
މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިން ވަނީ މަޖިލީހުގެ 97 ގޮނޑީގެ ތެރެއިން 87 ގޮނޑި ކާމިޔާބުކޮށްފައެވެ. މި އިންތިޚާބަކީ ބޮޑުވަޒީރު ލޮރެންސް ވޮންގްގެ ވެރިކަމުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ. ޕީއޭޕީގެ އާންމު ވޯޓު %65.6 އަށް އިތުރުވެ، 2020 ވަނަ އަހަރުގެ އިންތިޚާބުގައި %61 އަށް އަރާފައިވާއިރު، މިއީ 1965 ވަނަ އަހަރު ސިންގަޕޫރު މިނިވަންވި ފަހުން ޕީއޭޕީން ވިދިވިދިގެން 14ވަނަ ޢާންމު އިންތިޚާބު ކާމިޔާބުކުރި ފަހަރެވެ.
އެމެރިކާގެ ތަމްރީނު ލިބިފައިވާ އިގްތިސާދީ މާހިރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު ބޮޑުވަޒީރު ވޮންގްގެ އިދިކޮޅު ވޯކަރސް ޕާޓީއަށް ލިބުނީ 10 ގޮނޑިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ލޮރެންސް ވޮންގގެ ބޮޑުވަޒީރުކަމުގެ އައު ދައުރުގައި ސިންގަޕޫރަށް އިތުރު ކާމިޔާބީ ގެނެސްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށާއި، ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.