އިއްޔެ އިސްރާއީލުގެ އެއަރޕޯޓަށް އަމާޒުކޮށް ހޫޘީން ހަމަލާދިނުމުގެ ސަބަބުން 8 މީހުންނަށް އަނިޔާވެ، އެއަރ ޓްރެފިކަށް ބުރޫއެރުމާއި ގުޅިގެން އިސްރާއީލުން ޔަމަނުގައި ހޫޘީން ކޮންޓްރޯލްކުރާ ސަރަހައްދުތަކަށް ރައްދުގައި ހަމަލާ ދީފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި އިސްރާއީލުގެ އެއަރ ފޯސްއިން ޔަމަނުގެ ދެސިޓީއަކަށް އަމާޒުކޮށް ހަމަލާދިންއިރު ބަނދަރުތަކާއި ހަކަތައިގެ ވަސީލަތްތައް ހިމެނޭ ސިފައިންގެ އަމާޒުތަކަށް ވެސް ހަމަލާ ދިނެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން މަދުވެގެން 9 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ އިރު، ކަރަންޓު އުފައްދާ ސްޓޭޝަންތަކާއި ތެޔޮ ޓާމިނަލްތައް ފަދަ މުހިންމު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯތްތައް ބުނެއެވެ.
ޔަމަނުން ބުނެފައިވަނީ ބަނދަރުތަކުގެ ވަސީލަތްތަކާއި، ކްރޭންތަކާއި، ކަރަންޓު ސްޓޭޝަންތައް ހަލާކުވުމުގެ ސަބަބުން ގާތްގަނޑަކަށް 313 މިލިއަން ޑޮލަރުގެ އިގްތިސާދީ ގެއްލުން ވެފައިވާ ކަމަށެވެ.