Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ

އިސްރާއީލަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ

ޖަވާދު
482 ދުވަސް ކުރިން - 5 މެއި 2025 13:08
އިސްރާއީލުގައި ރޯވެ އަނދަނީ: ބައިނަލް އަޤްވާމީ ފަރާތްތަކުން މިހާރު ގެންދަނީ އަލިފާން ނިއްވަމުން.
އިސްރާއީލުގައި ރޯވެ އަނދަނީ: ބައިނަލް އަޤްވާމީ ފަރާތްތަކުން މިހާރު ގެންދަނީ އަލިފާން ނިއްވަމުން.
ޚުލާސާ

ފާއިތުވި ދެ ދުވަހުގެ ތެރޭގައި އިސްރާއީލަށް ބޮޑެތި ކާރިސާތަކެއް ކުރިމަތިވެ، ގޮންޖެހުންތައް އިތުރަށް ގޯސްވެއްޖެ.

އިއްޔެ ޔަމަނުގެ ހޫޘީން ޓެލް އަވީވްގެ ބެން ގުރިއޮން އެއާޕޯޓަށް ހަމަލާދިނީ ބެލިސްޓިކް މިސައިލެއް ފޮނުވާލާފަ އެވެ. މި މިސައިލް ވަނީ އިސްރާއީލާއި އެމެރިކާގެ ޑިފެންސް ސިސްޓަމްތަކަށް ވެސް ހުއްޓުވާނުލެވިފައެވެ. އެ ދިޔަގޮތަށް ގޮސް، ޓާމިނަލް 3 އަށް އަރައި 8 މީހަކު ޒަޚަމްވެފައިވެއެވެ.

އިސްރާއީލް އެއާޕޯޓަށް ހޫޘީން އިއްޔެ ދިން ހަމަލާގެ ވީޑިއޯ އަކުން ނަގާފައިވާ ސްކްރީންޝޮޓެއް.

Advertisement

Advertisement 1

މި ހަމަލާގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ބޮޑެތި އެއާލައިންތަކުން ފްލައިޓް ކެންސަލްވިއެވެ. ސުޕަޕަވަރު ކަމަށް ބުނާ އެމެރިކާއިން ހަތިޔާރާއި ޑިފެންސް ސިސްޓަމްތައް ގެނެސް މުޅި އިސްރާއީލް ވަށައިގެން ރުކުރުވާލައި މުޅި ސަރަހައްދުގަ ވެސް އެންމެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމު ކަމަށް މުޅި ދުނިޔެއަށް ދައްކަން އިސްރާއީލުން ކުރަމުންދިޔަ މަސައްކަތް މުޅި ދުނިޔެއަށް ބޭޒާރުވީ ހޫޘީންގެ މިސައިލުންނެވެ. މިކަމުން އެނގެނީ ހޫޘީންގެ މިސައިލް ކެޕޭސިޓީ ބޮޑުވަމުން އަންނަކަމާއި، ހޫޘީންނާއި ގުޅިފައިވާ އީރާނުގެ ޓެކްނޮލޮޖީގެ ކުޅަދާނަ ކަމެވެ.

ހަމައެއާއެކު އިސްރާއީލުން ދަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ޖޫޑީއާ ފަރުބަދަތަކުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާތަކާއި ވެސް ކުރިމަތިލަމުންނެވެ.

އިސްރާއީލްގައި ރޯވެ އަނދަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަކުން ނަގާފައިވާ ސްކްރީންޝޮޓެއް.

ގާތްގަނޑަކަށް 6،170 އަކަމީޓަރު އަނދާފައިވާއިރު، 10،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ގެދޮރު ދޫކޮށްލާފައެވެ. މަދުވެގެން 45 މީހަކު ޒަހަމްވެފައިވެ އެވެ. އަލިފާނުގެ ހާދިސާގައި އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބޮޑެތި ހައިވޭތައް ބަންދުކުރުމާއި ގައުމީ ހަރަކާތްތައް މެދުކަނޑާލުން ހިމެނެ އެވެ.

އެއްފަހަރާ ދިމާވި މި މުސީބާތްތަކާއިހެދި މުޅި އިސްރާއީލް ވަނީ ނުކުޅެދިފައެވެ. ރިހޭ ފައިމައްޗަށް ފޮއެ ވެއްޓިފައެވެ.

އިސްރާއީލު ސަރުކާރުން މިހާރު ދަނީ އެމީހުންގެ އެކުވެރި ގައުމުތަކަށް ގުޅައި އެހީއަށް އެދެމުންނެވެ.

އިސްރާއީލް
Advertisement
Advertisement

15 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

8 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

11 ދުވަސް ކުރިން - 19:36

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

24 ދުވަސް ކުރިން - 23:25

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

30 ދުވަސް ކުރިން - 14:29