Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރަނީ، މަޖިލީހުގައި ދިފާޢީ ފުރުސަތު ދިނުން ލާޒިމެއް ނުވާނެ

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރަނީ، މަޖިލީހުގައި ދިފާޢީ ފުރުސަތު ދިނުން ލާޒިމެއް ނުވާނެ

އުސްތާޛް މުޙައްމަދު ޢަލީ
482 ދުވަސް ކުރިން - 5 މެއި 2025 12:39
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ: ވަކިކުރާ ފަނޑިޔާރުންނަށް ދިފާޢީ ފުރުސަތު ދެނީ ތަހުގީގު މަރުހަލާގައި. ރައްޔިތުންގެ މަޖިލީހުގައެއް ނޫން.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ: ވަކިކުރާ ފަނޑިޔާރުންނަށް ދިފާޢީ ފުރުސަތު ދެނީ ތަހުގީގު މަރުހަލާގައި. ރައްޔިތުންގެ މަޖިލީހުގައެއް ނޫން.
ޚުލާސާ

ފަނޑިޔާރަކު މަޤާމުން ވަކިކުރުމްށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެ މަޖިލީހުގެ ތަޅުމުގައި ފަނޑިޔާރު ވާހަކަދައްކާކަށް ފުރުސަތު ދިނުމަކަށް ނޯވޭ.

ސުޕްރީމް ކޯޓުން ސަސްޕެންޑް ކޮށްފައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަޤާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ވަނީ މި ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ފެންނަ ކަމަށް ނިންމައި މަޖިލީހަށް ފޮނުވާފައެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުމަށްފަހު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައެވެ.

Advertisement

Advertisement 1

ފަނޑިޔާރުން ވަކިކުރުމުގައި ޕްރޮސެސް އެއް އޮވެއެވެ. އެ ޕްރޮސެސް ގައި ފަނޑިޔާރެއްގެ މައްސަލަ ހުށަހެޅޭ ހިސާބުން އޭނާ ވަކިކުރުމާއި ދެމެދު ރައްޔިތުންގެ މަޖިލީހުގައި ފަނޑިޔާރު ވާހަކަދައްކާކަށް ފުރުސަތު ދިނުމަކަށް ނޯވެއެވެ. ފަނޑިޔާރު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ ކުރިން އެ މައްސަލަ ތަޙްޤީޤު ކުރާނީ ޖުޑީޝަލްސާވިސް ކޮމިޝަނުންނެވެ. އެމްޑީޕީގެ ވެރިކަމުގަ ވެސް ވަނީ ފަނޑިޔާރުން މަގާމުން ވަކިކޮށްފައެވެ. އޭރު ވެސް ރައްޔިތުންގެ މަޖިލީހުގައި ދިފާޢުގައި ވާހަކަ ދައްކާކަށް ފަނޑިޔާރުންނަށް އެއްވެސް ފުރުސަތެއް ނުދެއްވައެވެ.

ފަނޑިޔާރު އަޒްމިރަލްދާ ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައި ކޮމިޓީގައި ވާހަކަދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ. އޭނާގެ ސިޓީގައި ބުނެފައިވަނީ ޖޭއެސްސީގެ ނިންމުމަކީ ޤާނޫނާ ޚިލާފަށް އަދި އަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ޖޭއެސްސީން މި ދެ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމަށް ނިންމީ އެ ކޮމިޝަނުގެ މައްސަލަ ބަލާ ކޮމިޓީގެ ރިޕޯޓަށް ބިނާކޮށެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ޖޭއެސްސީން އެކަމަށް އެދި މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް ވަކިކޮށްފައިވެއެވެ.

ޖުޑިޝަރީ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ރިޕޯޓެއް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ. އޭގެ ފަހުން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި ފަނޑިޔާރުން ވަކިކުރުމާމެދު ގޮތެއް ނިންމާނެއެވެ.

ރައްޔިތުންގެ މަޖިލިސްފަނޑިޔާރުޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

3 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

3 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

3 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

4 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

4 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

5 ދުވަސް ކުރިން - 07:43