23 އަހަރުން ދަށުގެ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖް2025 ގައި ރޭ ކުޅުނު އެންމެ އަންތަރީސް ކުރަނިވި އެއް މެޗަކީ ގްރޫޕް-ބީ ގެ ގެލެކްޓިކޯސް އާއި ޖޭއެސްސީ ޖަނަވަރީއަންސްގެ މެޗެވެ. އެމެޗަކީ ޖަނަވަރީއަންސް އަށް ކުރިމަތިކުރުވި “ބޮޑު ތޫފާނެއް” ކަހަލަ މެޗެކެވެ. 1-30 ލަނޑުން ޖަނަވަރީއަންސް ބަލިވީއެވެ.
މި މެޗަކީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި މެޗެވެ. މިމެޗުގައި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގަލަކްޓިކޯސްގެ ޖަރޒީ ނަންބަރު 11 އަރީން ޢަބްދުﷲ އިބްރާހީމެވެ.
ރޭގެ ކުޅުނު މެޗުތަކަށް ބަލާއިރު
އާރުބީއެލް އެސްސީ އާއި އަނަކީ: 03-04
އެމްޕޯރިއަމް އެސްސީ އާއި ވަސިލާސް: 04-01
އެފްސީ އަމިގޯސް ވާ ލާ ފެމިލިއާ އެސްސީ: 00-03
ކްލަބް ޕީކޭ އާއި އާރޗޮންސް: 03-02
ގެލެކްޓިކޯސް އާއި ޖޭއެސްސީ ޖަނަވަރީއަންސް: 30-01
ޔޫއެން ފްރެންޑްސް އާއި ލެރެންޒޯ އެސްސީ: 04-00
އެސްސީ ބަފަނަ އާއި ކްލަބް ލޮތަރީ 03-01
އެސްސީ ޝެޑޯސް އާއި ފަސްތަރި 04 -02
ރޭ ޖުމްލަ 65 ގޯލް ފެނުނުއިރު، ރޭ ކުޅުނު ހުރިހާ މެޗެއްވެސް ވަރަށް ފޯރި ގަދައެވެ. މާދަމާރޭ ވެސް 6 މެޗު ކުޅޭނެއެވެ. އެއީ: