ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން މަގާމުން ވަކިކުރުން މާދަމައަށް އެޖެންޑާ ކޮށްފި

ހުސައިން އިސްމާއިލް | 5 ގަޑިއިރު ކުރިން - 4 މޭ 2025 00:03
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް: މި ދެފަނޑިޔާރުން ވަކިކުރާނީ ސީރިއަސް ތުހުމަތުތަކާއި ގުޅިގެން.
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް: މި ދެފަނޑިޔާރުން ވަކިކުރާނީ ސީރިއަސް ތުހުމަތުތަކާއި ގުޅިގެން.
ޚުލާސާ

ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުން.

ޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމުމާއެކު އެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފިއެވެ.

ޖޭއެސްސީން މި ނިންމުން ނިންމާފައިވަނީ މިއަދު މެންދުރު ބޭއްވި ޖަލްސާގައެވެ. މި ދެ ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ، މި ތިން ފަނޑިޔާރުން ސަސްޕެންޑު ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން ނިންމުމަށްފަހު، އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ޖަލްސާއަކުން ވޯޓަށް އަހައި، ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%