Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގަތަރުގެ ޝާހީ އާއިލާއާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމްކުރަނީ

ގަތަރުގެ ޝާހީ އާއިލާއާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމްކުރަނީ

ހުސައިން އިސްމާއިލް
492 ދުވަސް ކުރިން - 4 މެއި 2025 22:22
ރާއްޖޭގައި 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ގާއިމްކުރުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ މިރޭ އިފްތިތާހުކުރައްވަނީ.
ރާއްޖޭގައި 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ގާއިމްކުރުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ މިރޭ އިފްތިތާހުކުރައްވަނީ.
ޚުލާސާ

މި މަޝްރޫއު ހިންގަނީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ކުންފުންޏާއި ދިވެހި ސަރުކާރާއި ގުޅިގެން.

ރާއްޖޭގައި 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ގާއިމްކުރުމުގެ މަޝްރޫއު މިރޭ އިފްތިތާހުކޮށްފިއެވެ. މި މަޝްރޫއަކީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ގަތަރުގެ ޝާހީ އާއިލާއާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމްކުރުމަށް ބޭއްވި ހަފްލާގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު: މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ

Advertisement

Advertisement 1

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ހާޒިރުގައި މި މަޝްރޫއާ ގުޅޭ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މަރުވާން އަލްހާޖެރީއެވެ.

ރާއްޖޭގައި 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ގާއިމްކުރުމުގެ މަޝްރޫއުގައި މިރޭ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.

މި މަޝްރޫއުގެ ދަށުން ގާއިމްކުރާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ތަރައްގީކުރާނީ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މި ސެންޓަރު ފަސް އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ. އެމްއައިއެފްސީގައި 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަނުގެ ތެރޭގައި 3،500 މީހުންގެ ޖާގައިގެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް، ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ތިން އޮފީސް ޓަވަރު، މަތީ ފެންވަރުގެ ގެތައް، ނަން މަޝްހޫރު ހޮޓާތައް، މަތީ ފަންތީގެ ފިހާރަތައް، އޯޝަނޮގްރަފިކް މިއުޒިއަމެއް، ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން، ދުޅަހެޔޮކަމުގެ މަރުކަޒުތައް، މިސްކިތެއް އަދި އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް ހިމެނެއެވެ.

ރާއްޖޭގައި 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ގާއިމްކުރުމުގެ މަޝްރޫއު މިރޭ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އެމްއައިއެފްސީގައި ހަރަކާތްތެރިވާ ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށާއި، އެ ތަނުގައި އަހަރުގެ ވަކި މުއްދަތެއްގައި ދިރިއުޅެން މަޖުބޫރެއް ވެސް ނުވާނެ ކަމަށް އެމްއައިއެފްސީން ބުނެފައިވެއެވެ. މީގެ އިތުރުން، ފައިސާގެ އެކި މުއާމަލާތްކުރެވޭ ބޭންކިން އަދި އޮފްޝޯ ބޭންކިންގެ ހިދުމަތް ވެސް ލިބޭނެއެވެ.

މި މަޝްރޫއުގެ ސަރަހައްދު ފަރުމާކޮށްފައިވަނީ މާސްޓަ ޕްލޭނަރު އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. އޭނާ ވަނީ އެ ސެންޓަރު ފަރުމާކޮށްފައިވާ ގޮތާ ބެހޭ ޕްރެޒެންޓޭޝަނެއް މިރޭގެ ހަފްލާގައި ދެއްވާފައެވެ. އެމްއައިއެފްސީގެ އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދޭނީ އިއާދަކުރަނިވި ހަކަތައިންނެވެ. އަދި ހިނގާ މީހުންނަށް ފަސޭހަވާނެ، ހުޅުވިފައިވާ މާހައުލެއް ދެމެހެއްޓުމަށްޓަކައި ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ވަސީލަތްތައް ހުންނާނީ ބިމުގެ އަޑީގައެވެ.

އެމްއައިއެފްސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް ބެލެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްގަތަރުއެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05