ސުލޫކާއި ޚިލާފުވި ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ކޮމެޓީން ފާސްކޮށްފި

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 4 މޭ 2025 15:35
ކުއްލި ޚަބަރު: އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ފާސްކޮށްފި
ކުއްލި ޚަބަރު: އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ފާސްކޮށްފި
ޚުލާސާ

ވަކިކުރަން ނިންމީ ސަސްޕެންޝަނުގައި ހުންނެވި މަހާޒް އާއި އަޒްމިރާލްދާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ފެންނަ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމިޓީއިން ނިންމި ރިޕޯޓު އެ ކޮމިޝަނުން މިއަދު ފާސްކޮށްފި އެވެ.

ކޮމިޝަނުގެ ނިންމުން މިގޮތަށް ނިންމީ އެ ފަނޑިޔާރުންނާއި ބެހޭ ވަރަށް ސީރިއަސް މައްސަލަތަކެއް ހުރުމުން އެ މައްސަލައިގެ ތަޙުޤީޤް ވަރަށް ށް ޚުލާސާ އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވިއެވެ.

އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ. އެމީހުންނާއެކު ކުރީގެ ފަނޑިޔާރު ހުސްނުއްސުޢޫދު ވެސް ސަސްޕެންޑް ކުރިއެވެ.

މި ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އޭސީސީއަށާއި ޖޭއެސްސީއަށް ހުށަހެޅިފައިވާ ގިނަ ތުހުމަތުތަކުގެ އިތުރުން ހާއްސަކޮށް ދަށުކޯޓުގައި ހިނަގމުންދާ ކަންކަމަށް ވެސް ނުފޫޒު ފޯރުވާފައި ވާތީއެވެ. މި މައްސަލައިގައި އަޒްމިރަލްދާއާ ގުޅޭގޮތުން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން މިދިޔަ މަހުގެ 17ވަނަ ދުވަހު ތަހުގީގު ނިންމައި، ޖަވާބުދާރީވުމަށް ފަނޑިޔާރަށް ފުރުސަތު ދިނުމަށް ވެސް ފޮނުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%