Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕީއެސްއެމް ނިއުސްއިން މުވައްޒަފުންގެ އަގުވަޒަންކޮށް ޚާއްސަ އެވޯޑު ދީފި

ޕީއެސްއެމް ނިއުސްއިން މުވައްޒަފުންގެ އަގުވަޒަންކޮށް ޚާއްސަ އެވޯޑު ދީފި

އުސްތާޛް މުޙައްމަދު ޢަލީ
445 ދުވަސް ކުރިން - 4 މެއި 2025 12:59
ޕީއެސްއެމުން ބޭއްވި ހަފްލާގެ ތެރެއިން. އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް ހޮވިފައިވަނީ ސީނިއަރ ނިއުސް އެޑިޓަރ ޢަބްދުﷲ މުޢާޛް.
ޕީއެސްއެމުން ބޭއްވި ހަފްލާގެ ތެރެއިން. އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް ހޮވިފައިވަނީ ސީނިއަރ ނިއުސް އެޑިޓަރ ޢަބްދުﷲ މުޢާޛް.
ޚުލާސާ

މިއީ ޕީއެސްއެމް ނިއުސްގެ މުވައްޒަފުންގެ ހިތްވަރާއި ވަފާތެރިކަން ފާހަގަކޮށް، އެ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދިން އެވޯޑުތަކެއް.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ނިއުސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ އަދި މިހާރުވެސް މަސައްކަތްކުރަމުންދާ 10 މުވައްޒަފަކަށް ޚާއްސަ އެވޯޑެއް މިއަދު ދީފިއެވެ.

މީގެއިތުރުން، 1446 ވަނަ އަހަރުގެ ރަމަޟާން މަހު ޕީއެސްއެމް ނިއުސްއިން ގެނެސްދިން ބައެއް ކޮންޓެންޓުތަކަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށްވެސް ހަނދާނީ ފިލާ ދީފައިވެއެވެ.

ޕީއެސްއެމް ނިއުސްގެ އެވޯޑު ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ ޢައްބާސް އިބްރާހިމެވެ. ޙަފްލާގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

Advertisement

Advertisement 1

މި އެވޯޑު ޙަފްލާގައި، ޕީއެސްއެމް ނިއުސްއިން ކޮންމެ އަހަރެއްގެ މުހިންމު ހާދިސާތަކަށް އަލިއަޅުވާލާ ޚާއްސަ ފޮތެއްވެސް ވަނީ އިފްތިތާޙުކޮށްފައެވެ. "ނިމުނު 52" ހަފްތާގެ ނަމުގައި ނެރޭ މި ފޮތުގައި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހިނގި މުހިންމު ޚަބަރުތަކުގެ ތަފްޞީލު ހިމެނިފައިވާނެއެވެ.

ޕީއެސްއެމް ނިއުސް އެވޯޑްސްގައި ގިނަ ދާއިރާތަކަކުން އެވޯޑު ދީފައިވެއެވެ. އެގޮތުން އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް ހޮވިފައިވަނީ ސީނިއަރ ނިއުސް އެޑިޓަރ ޢަބްދުﷲ މުޢާޛެވެ. އެންމެ މޮޅު ނިއުސް ޕްރެޒެންޓަރގެ އެވޯޑުވެސް މުޢާޛަށް ލިބުނުއިރު، އެންމެ މޮޅު ނިއުސް އެންކަރގެ އެވޯޑު ލިބުނީ ސީނިއަރ ނިއުސް އެޑިޓަރ ޙަފީޒާ ޢަބްދުއްސައްތާރަށެވެ.

މި ޙަފްލާއަކީ ޕީއެސްއެމް ނިއުސްގެ މުވައްޒަފުންގެ ހިތްވަރާއި ވަފާތެރިކަން ފާހަގަކޮށް، އެ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ބޭއްވުނު ޚާއްސަ ޙަފްލާއެއް ކަމަށް ޕީއެސްއެމުން ބުނެއެވެ.

ޕީއެސްއެމް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

42 ދުވަސް ކުރިން - 16:51

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

68 ދުވަސް ކުރިން - 16:15

ކުއްޖަކު ގްރޫމްކޮށް، ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީވީއެމްގެ ޕްރޮޑުސަރެއް ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ޓީވީއެމްގެ ޕްރޮޑިއުސަރު ހައްޔަރުކޮށްފި

119 ދުވަސް ކުރިން - 20:45

އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ނިންމައިފި

162 ދުވަސް ކުރިން - 23:04

"ސިލޯނާއެކު ދިވެހީން" ޓެލެތޯނުގެ އެހީ ލަންކާ ސަރުކާރާ ހަވާލުކޮށްފި

"ސިލޯނާއެކު ދިވެހީން" ޓެލެތޯނުގެ އެހީ ލަންކާއާ ހަވާލުކޮށްފި

230 ދުވަސް ކުރިން - 08:00

"ސިލޯނާއެކު ދިވެހީން" ޓެލެތޯން ފަށައިފި

"ސިލޯނާއެކު ދިވެހީން" ޓެލެތޯން ފަށައިފި

236 ދުވަސް ކުރިން - 10:21