23 އަހަރުން ދަށުގެ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖުގައި 2 ވަނަ ރޭގެ މެޗުތައް ރޭ ކުޅުނުއިރު، ވަރަށް ވާދަވެރި މެޗުތައް ފެނިގެން ދިޔައެވެ. މި މެޗުތައް ފެށުނީ ޕާކް ސްޕޯޓްސް ކްލަބާއި ޕާކް ބޯއީސްއާ ދެކޮޅަށް ނުކުތް މެޗުންނެވެ. މި ދެޓީމު ދަނޑުން ފޭބީ 1-1 އިން އެއްވަރުވެގެންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕާކް ބޯއީސްގެ އިބްރާހީމް ޝައުފް މުޙައްމަދު އެވެ.
ވީއެންޓީ ފުޓްސަލް ވެރިއާސް އާއި ދިޔަމިގިލީ މެޗް ލިބުނީ 3 ޕޮއިންޓާއި 2 ގޯލުން ވީއެންޓީއަށެވެ.
11 ވަނަ މެޗުގައި އަނާކީ ސްޕޯޓްސް ކްލަބް ރޭ ވަނީ ބަގޭސް އާއި ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަނާކީގެ އަހްނަފެވެ.
އަނާކީ ސްޕޯޓްސް ކްލަބާއި ބަގޭސް ކުޅުނު މެޗުގެތެރެއިން. މިމެޗު ނިމުނ 1-1 އިން އެއްވަރުވެގެން.
ރޭ ފެނުނު އެންމެ ހައިރާންކުރަނިވި މެޗަކީ ކިންގްސް ކްރޫއިން ގޫވަލް އެފްސީ 8-2 އިން ރޫޅާލައި، އެޓޭކިންގެ ކުޅަދާނަކަން ދައްކާލި މެޗެވެ. މިމެޗުގައި ކިންގްސްގެ މަފާޒް ވަރަށް މޮޅު ކުޅުމެއް ދެއްކިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާއެވެ.
ދަގްރާންޑޭ އެސްސީ އާއި ކްލަބް ވަލްޗާސްއާ ދެކޮޅަށް ނުކުތް މެޗަކީ މުބާރާތުގެ 13 ވަނަ މެޗެވެ. ސްކޯބޯޑުން 3-1 ފެންނަން އޮތްއިރު ބްރަދާސް އޮފް ދަ ގްރާންޑޭ އަށް މޮޅުވެވޭ ހޮތެއް ނުވިއެވެ. މެޗުގެ އެންމެ ހުނަރުވެރި މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްލަބް ވަލްޗާސްގެ އަލީ ރާއިފް ސައީދެވެ.
ރޭ ކުޅުނު ޓީއެފްޕީއާއި ބައިސާ މެޗު ނިމުނީ ޓީއެފްޕީގެ ދަށުގައި ބައިސާ ވެގެންނެވެ. ބައިސާ ބަލިވީ 2-3 ލަނޑުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ޓީއެފްޕީގެ ސޫޒަން ހަސަން އަހްމަދެވެ.
މިހާތަނަށް މުބާރާތުގެ 14 މެޗު ކުޅެ ނިމުނުއިރު މިރޭ ވެސް 8 މެޗު ކުޅޭނެއެވެ.
މިރޭ ބައްދަލުކުރާނެ ޓީމުތައް: