Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގައުމީ ފުޓްސަލް ޓީމް ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހަވާ އެެރުވުމާއެކު ހާއްސަ ހަރަކާތްތަކެއް

ގައުމީ ފުޓްސަލް ޓީމް ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހަވާ އެެރުވުމާއެކު ހާއްސަ ހަރަކާތްތަކެއް

މުހައްމަދު ޖަމްޝަތު
135 ދުވަސް ކުރިން - 26 ޖެނުއަރީ 2026 22:01
ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން. ޓިމަށް މަރުހަބާ ކިޔުމަށް މާދަމާ ރޭ ހާއްސަ ހަރަކާތެއް މާލޭގައި އޮންނާނެ---
ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން. ޓިމަށް މަރުހަބާ ކިޔުމަށް މާދަމާ ރޭ ހާއްސަ ހަރަކާތެއް މާލޭގައި އޮންނާނެ---
ޚުލާސާ

ގައުމީ ފުޓްސަލް ޓީމް ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސަރަހައްދީ ފުޓްސަލްގައި ރާއްޖޭގެ ފެންވަރު ދައްކާލާފަ

ސާފް ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން ކާމިޔާބުކުރުމާ ގުޅިގެން، ގައުމީ ފުޓްސަލް ޓީމަށް މަރުހަބާ ކިޔުމަށް މާދަމާ ރޭ ހަވާ އެރުވުމާއެކު ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ސަރުކާރުން ނިންމައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސަތޭކަ އިންސައްތަ ރެކޯޑަކާ އެކުގަ އެވެ. ސްޕޯޓްސް މިނިސްޓްރީން ބުނި ގޮތުގައި، ގައުމީ ފުޓްސަލް ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 19:45ގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީން ޓީމަށް މަރުހަބާ ކިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އާއި އެފްއޭއެމްގެ އިސް އޮފިޝަލުންނެވެ. އެއަށްފަހު ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މާލެ އައުމަށް ހަމަޖެހިފައިވަނީ ހާއްސަ ލޮރީއެއްގަ އެވެ.

މާދަމާ ރޭ 22:00 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޓީމާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވާނެ އެވެ. މި ރަސްމިއްޔާތުގައި ތަށި ހަވާލުކުރުމާއި، ތިން މިނިޓުގެ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްދާނެ އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

ބެންކޮކްގައި ކުރިއަށްދިޔަ މި މުބާރާތުގެ ފަހު މެޗުގައި މިއަދު ރާއްޖެއިން ވަނީ ސްރީލަންކާގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރިހޯދާފަ އެވެ. މި މެޗުގައި ކެޕްޓަން މުހައްމަދު އިމްރާން ދެ ލަނޑު ޖެހިއިރު، ހުޒައިފަތު ރަޝީދު އާއި ހުސައިން ސުހައިލް ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖެހި އެވެ. އަނެއް ލަނޑަކީ ލަންކާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލީގު އުސޫލުން ކުޅުނު މި މުބާރާތުގައި ރާއްޖެއިން ވަނީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓް ހޯދާފަ އެވެ. މިއީ ސަރަހައްދީ ފެންވަރުގެ މުބާރާތަކުން ރާއްޖޭގެ ފުޓްސަލް ޓީމު ހޯދި ފުރަތަމަ ބޮޑު ކާމިޔާބީއެވެ.

ފުޓްސެލްގައުމީ ފުޓްސެލް ޓީމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުޓްސަލްގެ ރަން ކާމިޔާބީގެ މާސްޓާ މައިންޑު އެނބުރި ގައުމަށް ފުރައިފި

ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް އެނބުރި ގައުމަށް!

131 ދުވަސް ކުރިން - 17:36

ތާރީހީ ރަންވަނަ ހޯދި ޓީމަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފި

ގައުމީ ފުޓްސަލް ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި

134 ދުވަސް ކުރިން - 23:48

ބައިނަލްއަގްވާމީ މުބާރާތެއްގައި މިފަދަ ކާމިޔާބީއެއް ހޯދުމަކީ ފަހުރެއް: ރައީސް

"ބައިނަލްއަގްވާމީ މުބާރާތެއްގައި މިފަދަ ކާމިޔާބީއެއް ހޯދުމަކީ ފަހުރެއް"

137 ދުވަސް ކުރިން - 19:01

ފުޓްސަލްގައި ކުޑަކުޑަ ރާއްޖެ ސަރަހައްދީ ރަސްކަމަށް! މިއީ ދެއްވަދޫއަށް ލިބުނު ބޮޑު ފަހުރެއް

ކުޑަކުޑަ ރާއްޖެ ސަރަހައްދީ ރަސްކަމަށް! މަރުހަބާ ދިވެހީން

137 ދުވަސް ކުރިން - 16:25

ބޮޑުތަފާތަކުން އިންޑިއާ ވެސް ބަލިކޮށް ރާއްޖެ އެއްވަނައިގައި!

ބޮޑުތަފާތަކުން އިންޑިއާވެސް ބަލިކޮށް، ރާއްޖެ އެއްވަނައިގައި!

141 ދުވަސް ކުރިން - 17:20

ފުޓްސަލް މުބާރާތުގައި ގައުމީ އަންހެން ޓީމް ޕާކިސްތާނު އަތުން ބަލިވެއްޖެ

ގައުމީ އަންހެން ޓީމް ޕާކިސްތާނު އަތުން ބަލިވެއްޖެ

144 ދުވަސް ކުރިން - 22:43