Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުޓްސަލްގައި ކުޑަކުޑަ ރާއްޖެ ސަރަހައްދީ ރަސްކަމަށް! މިއީ ދެއްވަދޫއަށް ލިބުނު ބޮޑު ފަހުރެއް

ފުޓްސަލްގައި ކުޑަކުޑަ ރާއްޖެ ސަރަހައްދީ ރަސްކަމަށް! މިއީ ދެއްވަދޫއަށް ލިބުނު ބޮޑު ފަހުރެއް

އައިޝަތު އީމާން
228 ދުވަސް ކުރިން - 24 ޖެނުއަރީ 2026 16:25
ގައުމީ ފުޓްސަލް ޓީމް. / ފޮޓޯ: ސާފް
ގައުމީ ފުޓްސަލް ޓީމް. / ފޮޓޯ: ސާފް
ޚުލާސާ

ރާއްޖެއިން ޗެމްޕިއަންކަން ކަށަވަރުކުރީ ކުޅުނު ފަސް މެޗުން މޮޅުވެ 15 ޕޮއިންޓު ހޯދައިގެން. ދެވަނައިގައި އޮތް ޕާކިސްތާނަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓު.

ފަހަތުން އަރައި ސާފް ފުޓްސަލް ޗެލެންޖް 2026 ގައި ބޫޓާން 1-3 ގެ ނަތީޖާއިން ބަލިކޮށް ތާވަލުގެ އެއްވަނަ ކަށަވަރުކޮށް ހަ ލައްކަ މީހުން ހަމަނުވާ ދިވެހިރާއްޖެ ފުޓްސަލްގައި ސަރަހައްދީ ރަސްކަން ހޯދައިފި އެވެ.

ތާވަލުގެ އެއްވަނަ ރާއްޖެ އަށް ކަށަވަރުވީ ކުޅުނު ފަސް މެޗުން 15 ޕޮއިންޓު ހޯދައިގެންނެވެ. މެޗަށް ނިކުތުމުގެ ކުރިން ލީގުގެ އެއްވަނަ ކަށަވަރުކުރަން ރާއްޖެއަށް ބޭނުންވާނީ އެންމެ ޕޮއިންޓެކެވެ. މުބާރާތުގައި ބާކީ އެއް މެޗު އަދި އޮތް ނަމަވެސް މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ރާއްޖެ ވަނީ މޮޅުވެފަ އެވެ. ފަހު މެޗުގައި ރާއްޖެ ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބޫޓާން އިންނެވެ. އޭގެ އިރުކޮޅެއް ފަހުން ރާއްޖެ ޓީމުން ކުޅުނު ރަނގަޅުކޮށް އަބްދުﷲ ޖުނައިދު (ޖެންނޭ) ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

Advertisement

Advertisement 1

ދެވަނަ ހާފު ފަށައިގެން އިރުކޮޅެއްތެރޭ ރާއްޖެ ޓީމުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދާފަ އެވެ. މި ގޯލު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ އަހްމަދު ހަމީދު (އައްމަޑޭ) އެވެ. ރާއްޖޭގެ ފަހު ގޯލު ކާމިޔާބުކުރީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. މުޅި މުބާރާތުގައި ވެސް އިމްރާންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ.

ފުޓްސަލް ޗެލެންޖުގައި ރާއްޖެ މި ހޯދި ކާމިޔާބީއާއެކު ވަކި ރަށެއްގެ ނަން ފާހަގަކުރާ ނަމަ އެންމެ ބޮޑު އުފަލެއް ލިބޭނީ އެ ރަށެއްގެ ހަތަރު ކުޅުންތެރިން ނިސްބަތްވާ ގއ. ދެއްވަދޫ ރައްޔިތުންނެވެ. އެއީ ގައުމީ ޓީމުގެ އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އާއި، މުހައްމަދު އިމްރާން (އިންމި) އާއި، އަލީ ހައިޝަމް (ޗުމްޕު) އަދި ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. މި ހަތަރު ކުޅުންތެރިންނަކީ މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ދެއްވަދޫގެ ޓީމު ލިސްޓުގައި ވެސް ތިބި ކުޅުންތެރިންކަން ފާހަގަކޮށްލެވެ އެވެ.

ސާފް އިން ބާއްވަމުން ގެންދާ އެންމެ ފުރަތަމަ ފުޓްސަލް ޗެލެންޖުގައި ރާއްޖެ އަށް މި ލިބުނީ ފަހުރުވެރި ކާމިޔާބީއެއްކަން ފާހަގަކޮށްލެވެ އެވެ. ރާއްޖޭގައި އިންޑޯ ޕިޗެއް ނެތް ނަމަވެސް ކުޅުންތެރިން ސާބިތުކޮށްދިނީ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބީއާ ހަމައަށް ވާސިލްވެވޭނެ ކަމެވެ.

ގައުމީ ފުޓްސެލް ޓީމްދިވެހިރާއްޖެސާފް ފުޓްސެލް ޗެލެންޖުގއ. ދެއްވަދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ސާބާސް

225 ދުވަސް ކުރިން - 17:56

ތިޔަ ހުޒޭފަތަކީ ދެއްވަދޫ މީހެއްވެސް ނޫން...އިނގިގެން ހަބަރު ލިޔެބަލަ.. އެއީ ބާ އަތޮޅު ހިތާދޫ މީހެއް .. ގޯލްޑެން ކުޅެން ރަޖިސްޓްރީ ބަދަލުކުރިޔަސް އެއީކީ އޭނަ ރަށަކަށް ނުވާނެ..

ގުޅޭ ޚަބަރުތައް

ސައުދީއާއި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި، ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ސައުދީއާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

70 ދުވަސް ކުރިން - 22:38

އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީ އެމްއެމްއޭއިން ދައްކައި ހަލާސްކޮށްފި

އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދައްކައިފި

138 ދުވަސް ކުރިން - 22:54

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

150 ދުވަސް ކުރިން - 23:00

އެމެރިކާގެ ދެކޮޅުވެރިކަމާ ގުޅިގެން ޗާގޯސް ރަށްތައް ދޫކޮށްލުމުގެ މަސައްކަތް އިނގިރޭސިވިލާތުން މެދުކަނޑާލައިފި

ޗާގޯސް ރަށްތައް ދޫކޮށްލުމުގެ މަސައްކަތް އިނގިރޭސިވިލާތުން މެދުކަނޑާލައިފި

150 ދުވަސް ކުރިން - 22:34

އެމްޑީޕީ ކެންޑިޑޭޓް ބަލިކޮށް ދެވަނަ ދައުރަކަށް ޝާފިއު، ދެއްވަދޫ ކައުންސިލްގެ 3 ގޮޑި ވެސް ޕީއެންސީއަށް

އެމްޑީޕީ ކެންޑިޑޭޓް ބަލިކޮށް ދެވަނަ ދައުރަކަށް ޝާފިއު

156 ދުވަސް ކުރިން - 17:10

އީރާނުގެ ސްކޫލަކަށް ހަމަލާދީ 168 އަންހެން ކުދިން ޝަހީދުކޮށްލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

168 ކުދިން ޝަހީދުކޮށްލި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

166 ދުވަސް ކުރިން - 19:04