ބޮޑުތަފާތަކުން އިންޑިއާ ވެސް ބަލިކޮށް ރާއްޖެ އެއްވަނައިގައި!

މުހައްމަދު ޖަމްޝަތު | 4 ދުވަސް ކުރިން - 20 ޖެނުއަރީ 2026 17:20
ގައުމީ ފުޓްސަލް ޓީމް އިންޑިއާ އެކު ކުޅުނު މެޗުގެ ތެރެއިން. މި މެޗުން 0-5 ގެ ނަތީޖާއަކުން ރާއްޖެ ވަނީ މޮޅުވެފަ--- ފޮޓޯ: އެފްއޭއެމް
ގައުމީ ފުޓްސަލް ޓީމް އިންޑިއާ އެކު ކުޅުނު މެޗުގެ ތެރެއިން. މި މެޗުން 0-5 ގެ ނަތީޖާއަކުން ރާއްޖެ ވަނީ މޮޅުވެފަ--- ފޮޓޯ: އެފްއޭއެމް
ޚުލާސާ

ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ރާއްޖޭން ވަނީ ނުވަ ޕޮއިންޓް ހޯދާފަ. މިއާއެކު ދެ ޕޮއިންޓްގެ ލީޑެއްގައި ރާއްޖެ އޮތީ އެއްވަނައިގައި

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ތިންވަނަ މެޗުގައި އިންޑިއާގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖޭން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކުރިއިރު، ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 6-1 އިންނެވެ. މިހާތަނަށް ކުޅުނު މެޗުތަކުގައި ރާއްޖޭން 18 ލަނޑު ޖަހާފައިވާއިރު، ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ރާއްޖެ އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއީ ނޭޕާލާއި ޕާކިސްތާން ބައްދަލުކުރި މެޗު އެއްވަރުވުމުން ލިބުނު ޕޮއިންޓާއެކު ޕާކިސްތާނަށް ކުރި ލިބުމުންނެވެ.

ނަމަވެސް، އިންޑިއާ އާއެކު މިއަދު ކުޅުނު މެޗުގައި އިންޑިއާ އާ ދެކޮޅަށް 5-0 ގެ ނަޔީޖާއަކުން މޮޅުވެ، ރާއްޖޭން ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، ތާވަލުގެ އެއްވަނައަށް ޖެހިލާފަ އެވެ. މިހާރު ރާއްޖެ އެއްވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާއެކުގަ އެވެ.

ނޮންތަބުރީ އިންޑޯ ހޯލުގައި ކުޅުނު މި މެޗުގައި ރާއްޖެއަށް ފުރަތަމަ ލީޑު ހޯދައިދިނީ މުހައްމަދު އިމްރާން (އިންމި) އެވެ. ފުރަތަމަ ހާފުގައި އިންޑިއާއިން ވަރުގަދަ ކުޅުމެއް ދައްކައި ރާއްޖެއަށް ޕްރެޝަރު ކުރި ނަމަވެސް، ރާއްޖޭގެ ޑިފެންސްލައިނުން ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ހުއްޓުވާފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްޖޭން ވަނީ އިތުރު ދެ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. ރާއްޖޭގެ ހަތަރުވަނަ ލަނޑު އިންމި ކާމިޔާބުކުރިއިރު، އިންޑިއާގެ ލަލްސަންގްކިމާއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. ރާއްޖޭގެ ފަހު ލަނޑު ޖަހައިދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. މުޅި މެޗުގައިވެސް ޒައިދާން އަހުމަދު (އަސޫ) ގެ ފަރާތުން ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މަދީޙު

3 ދުވަސް ކުރިން - 10:50

ރާއްޖެ ވަރަށް ކުރިޔަށް ޖައްސާލައިއޭ