ބައިނަލްއަގްވާމީ މުބާރާތެއްގައި މިފަދަ ކާމިޔާބީއެއް ހޯދުމަކީ ފަހުރެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 11 ގަޑިއިރު ކުރިން - 24 ޖެނުއަރީ 2026 19:01
ފީފާގެ ރައީސް ރާއްޖެއަށް ކުރި ޒިޔާރާތުގައި ފީފާގެ ޓީމާއި ދިވެހިރާއްޖެ ކުޅުނު މެޗުގައި ރައީސް ޑރ. މުޢިއްޒު ބައިވެރިވެ ވަޑައިގަތް މެޗުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ފީފާގެ ރައީސް ރާއްޖެއަށް ކުރި ޒިޔާރާތުގައި ފީފާގެ ޓީމާއި ދިވެހިރާއްޖެ ކުޅުނު މެޗުގައި ރައީސް ޑރ. މުޢިއްޒު ބައިވެރިވެ ވަޑައިގަތް މެޗުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސާފް ފުޓްސަލް ޗެލެންޖުގައި ބާކީ އަދި އެއް މެޗު އޮތް ނަމަ ވެސް ރާއްޖެ މިވަނީ ލީގުގެ އެއްވަނަ ކަށަވަރުކޮށްފައި.

ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެލެންޖު 2026 ގައި ބޫޓާން 1-3 ގެ ނަތީޖާއިން ބަލިކޮށް ލީގުގެ އެއްވަނަ ކަށަވަރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްސަލް ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.

ރާއްޖޭގެ ގައުމީ ޓީމު ހޯދި މި ފަހުރުވެރި ކާމިޔާބީ ފާހަގަކުރައްވާ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުންތެރިން ހޯދި މި ބޮޑު ކާމިޔާބީގެ އުފަލުގައި މާތް ﷲ ގެ ހަޟްރަތަށް ހަމްދު ކުރުން އިސްކުރާ ކަމަށެވެ. އެމަނިކުފާު ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރިން ހޯދަމުންދާ ރަން ވަނަތައް އިތުރުވުމަކީ ގައުމުގެ މުސްތަގުބަލަށް އުޖާލާ ކަމެއް ކަމަށާއި، ކުޅުނު ކޮންމެ މެޗަކުން މޮޅުވެ މިފަދަ މުބާރާތެއްގައި އެއްވަނަ ހޯދުމަކީ ތާރީހީ ފަހުރެއް ކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ޓީމުގެ ކުޅުންތެރިންނަަށް ވަނީ އައްސަރިބަހާ ސާބަސް ތަކުރާރުކުރައްވާފަ އެވެ.

މިއީ ސައުތް އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (ސާފް) އިން މިފަދަ ފުޓްސަލް މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެހެން ކަމުން ރާއްޖެއަށް މި ހޯދި ކާމިޔާބީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން ދަނީ މި އުފާ ފާހަގަކުރަމުންނެވެ.

މުބާރާތުގައި ބާކީ އެއް މެޗު އޮތްއިރު އެ މެޗުގައި ބައްދަލުކުރާނީ އަވަށްޓެރި ސްރީލަންކާއާ އެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%