ދޮޅު މަސްތެރޭ މަންދޫ ފުޓްސަލް ދަނޑު ނިންމައި ހުޅުވައިފި

މުހައްމަދު ޖަމްޝަތު | 20 ދުވަސް ކުރިން - 15 ނޮވެންބަރު 2025 21:18
ރައީސް ޑރ. މުހައްމަދު މުއިއްޒު މަންދޫ ފުޓްސަލް ދަނޑު ހުޅުވައިދެއްވަނީ--- ފޮޓޯ: އެމްޓީސީސީ
ރައީސް ޑރ. މުހައްމަދު މުއިއްޒު މަންދޫ ފުޓްސަލް ދަނޑު ހުޅުވައިދެއްވަނީ--- ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އޮކްޓޯބަރު 1ގަ. ރޭގަނޑުވެސް އެތަން ބޭނުން ކުރެވޭ ގޮތަށް ދަނޑުގައި ލައިޓްވެސް ވަނީ ހަރުކޮށްފަ

އދ. މަންދޫގެ ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފި އެވެ.

މަންދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ވަނީ މަންދޫގައި ބާއްވައިފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަންދޫ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ނިންމާ ބޭނުން ކުރެވޭނެ ގޮތް ހަދައިދެއްވުމަކީ އެރަށު ޒުވާނުން ރައީސް އެރަށަށް ކުރެއްވި ދަތުރުގައި އެދުނު ވަރަށް ބޮޑުއެދުމެކެވެ.

ޒުވާނުންގެ މިއެދުމާއި އެއްގޮތަށް ދޮޅުމަހެއްހާ ދުވަހުން މަސައްކަތް ނިންމައި މިއަދު އެ ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއ،ި ކެބިނެޓު މިނިސްޓަރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އާއ،ި މަންދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވ.ެ މަންދޫ ފުޓްސަލް ދަނޑު---ފޮޓޯ:އެމްޓީސީސީ

މަންދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ހަރަކާތެއްގެ ގޮތުން ރައީސް ބައިވެރިވެވަޑައިގެން ފުޓްސަލް މެޗެއް ކުޅުއްވިއެވ.ެ މި އެކުވެރިކަމުގެ މެޗް ކުޅެވުނީ ސަރުކާރުގެ އިސްވެރިން ހިމެނޭ ޓީމާއި މަންދޫ ކައުންސިލް ޓީމާއި ދެމެދުގައެވ.ެ

މަންދޫ ފުޓްސަލް ދަނޑު ހެދުމުގެ މަޝްރޫއުގެ ދަށުން ބިންގަނޑު އެއްވަރުކުރުމާއ،ި ކޮންކްރީޓް މަސައްކަތްތަކާއ،ި ބައުންޑްރީ ފެންސް ޖެހުމާއި ކަރަންޓު މަސައްކަތްތައް ވަނީ ކޮށްފައެވެ.

އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި މިއީ 1.47 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 510 މީހުންގެ އާބާދީއެއް އޮންނަ މަންދޫގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި ފުޓްސަލް ދަނޑުގެ މަސައްކަތް ނިމުމާއެކު ރަށުގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ކުރިއެރުން ލިބ،ި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%