ހައުސިން މިނިސްޓްރީ ހުރި ބިމުގައި މަލްޓި ޔޫސް ކޮމްޕްލެކްސްއެއް ހަދަނީ

އަހްމަދު އީޒާން | 2 ގަޑިއިރު ކުރިން - 4 މޭ 2025 10:27
އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ހައުސިން މިނިސްޓްރީ ހުރި އިމާރާތް / ފޮޓޯ: ޚުލާސާ
އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ހައުސިން މިނިސްޓްރީ ހުރި އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

ރައީސް ވިދާޅުވީ އެ އިމާރާތް ތަރައްގީކުރަނީ އޮފީސް ބަޔަކާއި އެހެނިހެން ކަންކަން ވެސް ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށް.

މިދިޔަ އަހަރުގެ ފަހުކޮޅު އަލިފާނުގެ ހާދިސާ ހިނގި ކުރީގެ ހައުސިން މިނިސްޓްރީ ހުރި ބިމުގައި ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސްއެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އަލިފާނުގެ ހަދިސާ ހިނގި ބިމުގައި ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސް އިމާރާތެއް އެޅުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ކުރުމަށް ވަރަށް އަަވަހަށް ކޮންސެޕްޓާއި ޑީޓެއިލް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކުރާނެ ކަމަށެވެ.

އެ އިމާރާތް ތަރައްގީކުރަނީ އޮފީސް ބަޔަކާއި އެހެނިހެން ކަންކަން ވެސް ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އައި އެ އިމާރާތުގައި ރޯވީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދުވަހު ރޯވި އަލިފާނުގައި މުޅި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.

މިނިސްޓްރީތައް މިހާރު ހިންގަމުން އަންނަނީ ދަރުބާރުގޭގެގައި ވަގުތީ ގޮތުން ސެޓަޕެއް ހަދައިގެންނެވެ. ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުގައި, މިނިސްޓްރީތައް ހިންގަން އަމިއްލަ މީހެއްގެ އިމާރާތެއް ކުއްޔަށް ނުނަގާނެ އެވެ. އެ މިނިސްޓްރީތައް ބަދަލުކުރާނީ އޮފީސް ހިންގާނެ ސަރުކާރުގެ ދާއިމީ އިމާރާތެއް ހަމަޖެހުމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%