ނައިބުރައީސް އަށް ފުރިހަމަ އިތުބާރު އެބައޮތް: ރައީސް

ހުސައިން އިސްމާއިލް | 3 ގަޑިއިރު ކުރިން - 4 މޭ 2025 09:12
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފް އާއި ސަލާމް ކުރައްވަނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފް އާއި ސަލާމް ކުރައްވަނީ.
ޚުލާސާ

ރައީސާއި ނައިބު ރައީސްގެ ދެމެދުގައި އެއްވެސް މައްސާލާއެއް ނެތް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް ރައީސް މުޢިއްޒާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ ގުޅުން ގޯސްވެފައިވާކަމުގެ އަޑުތައް ފެތުރެމުންދިޔަ ނަމަވެސް، ރައީސް މުޢިއްޒު ވަނީ މި ވާހަކަތައް ދޮގުކުރައްވައިފައެވެ. ރައީސް ވިދާޅުވި ގޮތުގައި، ނައިބު ރައީސްއަށް ކުރިން ކުރެއްވި އިތުބާރު މިހާރުވެސް އޮތްކަމަށާއި، އެ މަނިކުފާނު ނައިބު ރައީސް ބާކީ ނުކުރައްވާނެ ކަމަށެވެ.

"ކުރިން ކުރި އިތުބާރު މިހާރުވެސް (ނައިބު ރައީސަށް) އެބަ އޮތް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެ މަޤާމަށް އައްޔަނުކުރެއްވީ ސީދާ އެ މަނިކުފާނު ކަމަށާއި، ދެ ބޭފުޅުންގެ މެދުގައި އިޙްތިރާމު މިހާރުވެސް އެބައޮތެވެ.

އެމްޑީޕީގެ (ރައީސް ނަޝީދުގެ) ވެރިކަމާއި ޕީޕީއެމްގެ (ރައީސް ޔާމީނުގެ) ވެރިކަމުގައި ފެނުނީ އޭރުގެ ނައިބު ރައީސުންގެ އިތުބާރު ރައީސުލްޖުމްހޫރިއްޔާ އަށް ގެއްލިގެން ދިޔަ މަންޒަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%