Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް ޑރ. މުޢިއްޒު ދުނިޔޭގެ ރެކޯޑް މުގުރާލައްވައިފި

ރައީސް ޑރ. މުޢިއްޒު ދުނިޔޭގެ ރެކޯޑް މުގުރާލައްވައިފި

ޢަބްދުﷲ ޖުނައިދު
493 ދުވަސް ކުރިން - 4 މެއި 2025 00:33
ކުއްލި ޚަބަރު: ދުނިޔޭގައި އެންމެ ގިނައިރު ނިއުސްކޮންފެރެންސެއް ބޭއްވުމުގެ ރެކޯޑް ރައީސް ޑރ. މުޢިއްޒު އަށް
ކުއްލި ޚަބަރު: ދުނިޔޭގައި އެންމެ ގިނައިރު ނިއުސްކޮންފެރެންސެއް ބޭއްވުމުގެ ރެކޯޑް ރައީސް ޑރ. މުޢިއްޒު އަށް
ޚުލާސާ

ރައީސް ޑރ. މުޢިއްޒު މުގުރާލެއްވީ ޒެލެންސްކީގެ ރެކޯޑް.

ދައުލަތުގެ އިސްވެރިއަކު އެންމެ ގިނަ އިރު ވަންދެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ދުނިޔޭގެ ރެކޯޑެއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދި ދެންމެއަކު މުގުރާލައްވައިފިއެވެ. އެމަނިކުފާނު މުގުރާލެއްވީ ޔުކްރޭނުގެ ރައީސް ވޮލޮޑިމިއާ ޒެލެންސީގެ ރެކޯޑެވެ.

ބައިނަލް އަޤްވާމީ ނޫސްވެރިކަމުގެ މިނިވަންދުވަހު (މިއަދު) ހެނދުނު 10:00 އިން ފެށިގެން ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުން އަދިވެސް ކުރިޔަށްދާއިރު މިހާރު 14 ގަޑިއިރަށް ވުރެ ގިނަ އިރު ވެއްޖެއެވެ.

ޒެލެންސްކީ ވަނީ 2019 ވަނަ އަހަރު 14 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ކީވްގައި ބާއްވާފައެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނޫސްކޮންފެރެންސް 14 ގަޑިއިރަށްވުރެ ދިގު ވެއްޖެއެވެ.

Advertisement

Advertisement 1

“ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް”މިއަދު ފާހަގަކުރާއިރު، ބޯހިޔާވަހިކަމާއި އިޤްތިޞާދީ އިޞްލާޙްތަކުން ފެށިގެން ލާމަރުކަޒީ ނިޒާމާއި ފަތުރުވެރިކަމާއި ސަރަޙައްދީ ހަމަޖެހުމާ ހަމައަށް ރައީސް ގެންދަވަނީ ވަރަށް ވެސް ފުޅާ ދާއިރާއެއްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. އެގޮތުން އެކި މައުޟޫއުތަކެއް ހިމެނޭ އެތައް ސަތޭކަ ސުވާލެއްގެ ޖަވާބު ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ.

"މިއީ ހާމަކަން ބޮޑުކަމާއި، އޯޕަންނެސް، އަދި އިތުބާރުގެ ވާހަކަ. ރައީސް އެ ހުންނެވީ ހުރިހާ ކަމަކަށް ޖަވާބުދާރީވާން، އެކަމަށް ނަގާހާ ދުވަހަކު އެމަނިކުފާނު ވަރުބަލިކަމެއް ނެތި މަޢުލޫމާތު ދެއްވާނެ،" ރައީސް ޑރ. މުޢިއްޒުގެ ރެކޯޑާއި ބެހޭގޮތުން ދެންމެ ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޒެލެންސްކީގެ ރެކޯޑް ރައީސް ޑރ. މުޢިއްޒު މުގުރާލެއްވިއިރު އެމަނިކުފާނަކީ ދުނިޔޭގައި އެންމެ ގިނައިރުވަންދެން ނޫސްވެރިންނާއި ވާހަކަދެއްކެވި ލީޑަރުކަމެއް ސީދާ ކަށަވަރެއް ނުވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުދުނިޔޭގެ ރެކޯޑްރެކޯޑް
Advertisement
Advertisement

7 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ާިެއަހުމަދު

492 ދުވަސް ކުރިން - 11:17

ޙަހަހަ

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05