ދުނިޔޭގައި އެންމެ ގިނަވަގުތު ކުރިޔަށްދިޔަ ނޫސްކޮންފެރެންސުގެ ރެކޯޑް ރައީސް މުޢިއްޒު މުގުރާލައްވަނީ

ޢަބްދުﷲ ޖުނައިދު | 12 ގަޑިއިރު ކުރިން - 3 މޭ 2025 22:48
ކުއްލި ޚަބަރު: ދުނިޔޭގައި އެންމެ ގިނަވަގުތު ކުރިޔަށްދިޔަ ނޫސްކޮންފެރެންސުގެ ރެކޯޑް ރައީސް މުޢިއްޒު މުގުރާލައްވައިފި
ކުއްލި ޚަބަރު: ދުނިޔޭގައި އެންމެ ގިނަވަގުތު ކުރިޔަށްދިޔަ ނޫސްކޮންފެރެންސުގެ ރެކޯޑް ރައީސް މުޢިއްޒު މުގުރާލައްވައިފި
ޚުލާސާ

މިރޭ ރައީސް މުގުރާލައްވަނީ ޔުކްރޭނުގެ ރައީސް ވޮލޮޑިމިއާ ޒެލެންސީގެ އަތްޕުޅުގައި އޮތް ރެކޯޑް. އެއީ 14 ގަޑިއިރު.

ދުނިޔޭގައި އެންމެ ގިނަވަގުތު ކުރިޔަށްދިޔަ ނޫސްކޮންފެރެންސުގެ ތެރެއިން އެއް ނޫސްކޮންފެރެންސްގެ ރެކޯޑް ރައީސް މުޢިއްޒު މުގުރާލައްވަނީއެވެ.

ބައިނަލް އަޤްވާމީ ނޫސްވެރިކަމުގެ މިނިވަންދުވަހު (މިއަދު) ހެނދުނު 10:00 އިން ފެށިގެން ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުން 13 ގަޑިއިރަށް ވުރެ ދިގުލައިގެން ގޮސްފައިވާއިރު މިރޭ ރައީސް މުގުރާލައްވަނީ ޔުކްރޭނުގެ ރައީސް ވޮލޮޑިމިއާ ޒެލެންސީގެ އަތްޕުޅުގައި އޮތް ރެކޯޑެވެ. އެމަނިކުފާނު ވަނީ 2019 ވަނަ އަހަރު 14 ގަޑިއިރަށް ވުރެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

“ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް”މިއަދު ފާހަގަކުރާއިރު، ބޯހިޔާވަހިކަމާއި އިޤްތިޞާދީ އިޞްލާޙްތަކުން ފެށިގެން ލާމަރުކަޒީ ނިޒާމާއި ފަތުރުވެރިކަމާއި ސަރަޙައްދީ ހަމަޖެހުމާ ހަމައަށް ރައީސް ގެންދަވަނީ ވަރަށް ވެސް ފުޅާ ދާއިރާއެއްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. އެގޮތުން އެކި މައުޟޫއުތަކެއް ހިމެނޭ އެތައް ސަތޭކަ ސުވާލެއްގެ ޖަވާބު ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%