ސަރުކާރުގެ ފޯމިއުލާއިން މިހާރުވެސް 214 މިލިއަން ޑޮލަރު މާރުކޮށްފި

ހުސައިން އިސްމާއިލް | 16 ގަޑިއިރު ކުރިން - 3 މޭ 2025 19:21
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ. މުޙައްމަދު މުޢިއްޒު - އެމަނިކުފާނުގެ ބޭރުފައިސާގެ ސިޔާސަތުގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި ޑޮލަރުގެ ބްލެކްމާކެޓް ހުއްޓޭނެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ. މުޙައްމަދު މުޢިއްޒު - އެމަނިކުފާނުގެ ބޭރުފައިސާގެ ސިޔާސަތުގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި ޑޮލަރުގެ ބްލެކްމާކެޓް ހުއްޓޭނެ.
ޚުލާސާ

ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުން 214 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި.

ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށި ފަހުން މިހާތަނަށް 214 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އެކުލަވާލެވުނު މި ޤާނޫނުގެ ސަބަބުން ރާއްޖޭގެ ބޭންކިންގ ނިޒާމަށް ވަދެފައިވާ ޑޮލަރުގެ އަދަދު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ޢަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން، ބޭރު ފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކުރުން ލާޒިމުކުރެއެވެ.

"މި ޤާނޫނަށް ޢަމަލުކުރަން ފެށުނު ފަހުން މިހާތަނަށް 214 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކުރެވިފައިވާކަން އުފަލާއެކު ފާހަގަކުރަން،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި ޤާނޫނަކީ ރާއްޖޭގައި ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ. އަދި މި ޤާނޫނުގެ ސަބަބުން ރާއްޖޭގެ ބޭންކިންގ ނިޒާމަށް ޑޮލަރު ވަނުން އިތުރުވެ، ބޭރު ފައިސާގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ސަރުކާރުން އުންމީދު ކުރަނީ މި ދައުރު ނިމުމުގެ ކުރިން ޑޮލަރުގެ ޢާންމު ރޭޓް 15.42 އަށް ތިރިކުރުމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%