Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޭސް ލިބުން ދަތިވީ ގަސްދުގައި ބައެއްފަރާތްތަކުން ބޭސް އެތެރެކުރުން ހުއްޓާލުމުން: ރައީސް

ބޭސް ލިބުން ދަތިވީ ގަސްދުގައި ބައެއްފަރާތްތަކުން ބޭސް އެތެރެކުރުން ހުއްޓާލުމުން: ރައީސް

އުސްތާޛް މުޙައްމަދު ޢަލީ
449 ދުވަސް ކުރިން - 3 މެއި 2025 16:26
ރައީސް ވިދާޅުވި ފަދައިން ބޭހުގެ އަގުތައް ހަމައަގަށް ތިރިކޮށް މެޑިކަލް މާފިއާ މިވަނީ ހުއްޓުވާލެވިފަ. ފޮޓޯ: ޚުލާޞާ
ރައީސް ވިދާޅުވި ފަދައިން ބޭހުގެ އަގުތައް ހަމައަގަށް ތިރިކޮށް މެޑިކަލް މާފިއާ މިވަނީ ހުއްޓުވާލެވިފަ. ފޮޓޯ: ޚުލާޞާ
ޚުލާސާ

އެސްޓީއޯއިން މިހާރު 784 ބާވަތުގެ ޖެނެރިކް ބޭސް ލިބެން ހުންނާނެ އަދި 77 ބޭހެއްގެ އަގު ރިވައިޒްކޮށް މިރޭ އަމަލުކުރަން ފަށާނެ.

މުހިންމު ބޭސްތައް ލިބުން ދަތިވީ ބައެއް ވިޔަވިޔަފާރިވެރިން ގަސްތުގައި ރާއްޖެއަށް ބޭސް އެތެރެކުރުން ހުއްޓާލުމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެފަރާތްތަކުން ބޭސް އެތެރެކުރުން ހުއްޓާލީ ކުރިން ބޭސް ވިއްކަމުން ދިޔަ ބޮޑު އަގުގައި އެމީހުންނަށް ރާއްޖޭގައި ބޭސް ނުވިއްކޭނެ ގޮތް ހެދުމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އާސަންދަ ނިޒާމު އިޞްލާޙުކުރުމަށް ބޭހުގެ އަގު ކެޕްކުރުމުން، ބައެއް ވިޔަފާރިތަކުން ބޭސް އެތެރެކުރުން ހުއްޓާލިއިރު، މީގެ ކުރިން ބައެއް ކުންފުނިތަކުން އާސަންދަ ނިޒާމުގެ ތެރެއިން ހާހެއްހައި ޕަސެންޓުގެ ފައިދާ ނަގަމުން ދިޔަ ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އެސްޓީއޯއިން މިހާރު 784 ބާވަތުގެ ޖެނެރިކް ބޭސް ލިބެން ހުންނާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. 10 ބޭހެއް ފިޔަވައި، އަސާސީ ހުރިހާ ބޭހެއް އެސްޓީއޯއިން ލިބޭނެކަމަށާއި އަމިއްލަ ކުންފުނިތަކުން ވިއްކާ 77 ބޭހެއްގެ އަގު ރިވައިޒްކޮށް މިރޭ އަމަލުކުރަން ފަށާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement 1

ރައީސް މުޢިއްޒު ވަނީ އިންތިޚާބުގެ ވަޢުދަޢުދުތަކުގެ ތެރޭގައި ބޭހުގެ އަގުތައް ހަމައަގަށް ތިރިކޮށް މެޑިކަލް މާފިއާ ހުއްޓުވުމާއި އާސަންދަ އިޞްލާޙުކުރުން ހިމަނުއްވާފައެވެ.

އާސަންދަރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

5 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

5 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

6 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

7 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

7 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

23 ގަޑިއިރު ކުރިން - 20:04