Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ތާރީޚުގައި ނިންމުނު ފަޚުރުވެރި ނިންމުމެއް: ރައީސް

އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ތާރީޚުގައި ނިންމުނު ފަޚުރުވެރި ނިންމުމެއް: ރައީސް

ހުސައިން އިސްމާއިލް
403 ދުވަސް ކުރިން - 3 މެއި 2025 15:39
ރައީސް ޑރ. މުޢިއްޒު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތީ ބާރު ހިމާޔަތްކޮށް ދަމަހައްޓާނެ ކަމަށް.
ރައީސް ޑރ. މުޢިއްޒު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތީ ބާރު ހިމާޔަތްކޮށް ދަމަހައްޓާނެ ކަމަށް.
ޚުލާސާ

ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރާއްޖެއިން ތަކުރާރުކޮށް ދަނީ ގޮވާލަމުން.

އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ތާރީޚުގައި ނިންމުނު ފަޚުރުވެރި ނިންމުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް ޕޮލިސީ" ކަމަށާއި، މި ސިޔާސަތުގެ އަސާސަކީ ހުރިހާ ހާލަތެއްގައިވެސް އިސްކުރާނީ ދިވެހިންގެ މަޞްލަޙަތު ކަމަށާއި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތީ ބާރު ހިމާޔަތްކޮށް ދެމެހެއްޓުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމި ނިންމުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއިރު، މިސަރުކާރުން އިސްރާއީލް ބޮއިކޮޓް ކުރުމުގެ ސަބަބުން އިސްރާއީލުން ވަނީ އެގައުމުގެ މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް ގޮވާލާފައެވެ.

Advertisement

Advertisement 1

ޒައެނިސްޓް އިސްރާއީލުގެ ވެރިކަމާއި ދެކޮޅަށް ދިވެހި ރައްޔިތުން އަޑުއުފުލާފައިވާއިރު ބޭރުގެ ނުފޫޒުތަކަށް މިރާއްޖެ ދީލާނުލާނެ ކަމަށާއި ރާއްޖެއިން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ގޮވާލައްވާފައެވެ. މިއީ ބައިނަލްއަޤްވާމީ މަންޞަތަކުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އިސްރާއީލްފަލަސްތީންރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

21 ގަޑިއިރު ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

1 ދުވަސް ކުރިން - 15:59

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

1 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31