Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލެއާއި ވިލިމާލޭގެ މަގުތައް މި އަހަރުތެރޭ ހަދަން ފަށާނެ: ރައީސް

މާލެއާއި ވިލިމާލޭގެ މަގުތައް މި އަހަރުތެރޭ ހަދަން ފަށާނެ: ރައީސް

އުސްތާޛް މުޙައްމަދު ޢަލީ
494 ދުވަސް ކުރިން - 3 މެއި 2025 14:23
ރައީސް މިއަދު ނޫސްވެރިންނާއި ބައްދަލުރައްވަނީ: މިއަހަރު މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ފަށާނެ.
ރައީސް މިއަދު ނޫސްވެރިންނާއި ބައްދަލުރައްވަނީ: މިއަހަރު މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ފަށާނެ.
ޚުލާސާ

ބޭރުމަގު ތާރު އެޅުމަށްފަހު އެ މަގު ފުޅާކޮށް، ދެ ލޭނު އެޅުމަށް ހަމަޖެހިފައިވޭ.

މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މި އަހަރުތެރޭ ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ހައުސިންގ މައްސަލައަށްފަހު ރައްޔިތުންނަށް އެންމެ އުނދަގޫވާ މައްސަލައަކީ މަގުތަކުގެ މައްސަލަތައް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ޗައިނާގެ އެހީގައެވެ. މި މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީ ނިންމައި ރިޕޯޓް ހުށަހަޅާފައިވާ ކަމަށާއި، ދެން އަންނަ މަރުހަލާގައި ޗައިނާގެ ފަރާތްތައް ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭރުމަގު ތާރުއެޅުމުގެ މަސައްކަތް ވަކިން ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، މިހާރު ތާރު އަޅާފައިވާ ހިސާބުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި، ސާރވޭގެ މަސައްކަތް ނިމުމުން މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭތޯ ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. ބޭރުމަގު ތާރު އެޅުމަށްފަހު އެ މަގު ފުޅާވެ، ދެ ލޭނު އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

Advertisement

Advertisement 1

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދަން ކަމަށާއި، ނަމަވެސް ރައީސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، މި މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފުރަތަމަ ފެށިފައިވަނީ ވެސް އެމަނިކުފާނު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރުއެވެ. އޭރު އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން ފެށިގެން އެމްޓީސީސީ ފެރީ ޓަރމިނަލްއާ ހަމައަށް ތާރު އަޅާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ވިލިމާލެއެމްޓީސީސީރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްޗައިނާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގައި ފަށަނީ

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމް މިހަފްތާގައި ފަށަނީ

1 ދުވަސް ކުރިން - 12:00

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20