Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

65،000 ހައުސިންޔުނިޓް ހަގީގަތަކަށް ހެދުމުގެ މަޝްރޫޢު ފަށައިފި

65،000 ހައުސިންޔުނިޓް ހަގީގަތަކަށް ހެދުމުގެ މަޝްރޫޢު ފަށައިފި

ހުސައިން އިސްމާއިލް
404 ދުވަސް ކުރިން - 3 މެއި 2025 15:58
"ހިޔާވެހި ފައިނޭންސިން" ސްކީމް އިފްތިތާޙުކުރުން/ ފޮޓޯ: ހައުސިންގ މިނިސްޓްރީ
"ހިޔާވެހި ފައިނޭންސިން" ސްކީމް އިފްތިތާޙުކުރުން/ ފޮޓޯ: ހައުސިންގ މިނިސްޓްރީ
ޚުލާސާ

ކުރިއަށް އޮތް 20 އަހަރު ތެރޭގައި 65،000 ހައުސިން ޔުނިޓް ތަރައްގީކުރާއިރު، ވަރަށް އަވަހަށް މާލޭގައި 1360 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ކުރިއަށްގެންދަން ނިންމާފައިވޭ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ކުލަވަރު ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ މަގްސަދުގައި ހިޔާވަހިކަމުގެ ބޮޑު އެޖެންޑާއެއް ރައީސް ޑރ.މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ އަހަފުގެ ނޮވެންބަރު މަހުގައެވެ. އެމަނިކުފާނުގެ “ބޯހިޔާވަހިކަމުގެ ތަސައްވުރުގެ” މައިގަނޑު ކަމަކަށް އޮތީ ކުރިއަށް އޮތް 20 އަހަރު ތެރޭގައި 65،000 ހައުސިން ޔުނިޓް ތަރައްގީކޮށް، ގައުމުގައި ދިގު މުއްދަތަކަށް ހުރި ބޯހިޔާވަހިކަމުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، ހުރިހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ގެދޮރު ހަމަހަމަ ގޮތެއްގައި ލިބޭނެ ގޮތް ހެދުމެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި މިއަދު ރައީސް އެ ވިދާޅުވީ މިއަހަރާއި އަންނަ އަހަރުގައި މާލޭގައި 1360 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ. އެހެންކަމުން މިއީ އެމަނިކުފާނުގެ 65000 ހައުސިން ޔުނިޓްގެ ބައެއްކަމަށް ބެލެވޭއިރު މިއަހަރުގެ ރިޔާސީ ތަގުރީރުގައި ވެސް ބޯހިޔާވަހިކަމުގެ ދަތިކަމުގެ އަވަސްކަމަށް އަލިއަޅުވާލައްވައި، މާލޭ، ވިލިމާލޭ، ހުޅުމާލެ، ގިރާވަރު ފަޅު، އުތުރު ތިލަފަޅު، އަދި ފުށިދިގަރޫ ފަޅު ފަދަ އެކި ސަރަހައްދުތަކުގައި 12،940 ހައުސިން ޔުނިޓް އެޅުމަށް ދައުލަތުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ދޫކުރާނެ ކަމަށް އިއުލާން ކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުން ވަނީ "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" ތައާރަފްކޮށް، %5 ފައިދާގެ ރޭޓުން އިސްލާމިކް ހައުސިން ލޯނު ދިނުމަށް 1 ބިލިއަން ރުފިޔާ ޚާއްސަކޮށް، ވީހާ ވެސް ރައްޔިތުންނަށް ގެދޮރުވެރިވުމަށް މަގުފަހިކޮށްދީފައެވެ.

Advertisement

Advertisement 1

ރައީސްގެ ބޯހިޔާވަހިކަމުގެ ވަޢުދު ބިނާވެފައިވަނީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓްގެ ދާއިރާއިން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ މައްޗަށެވެ. ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ދުވަހު ހައުސިން މިނިސްޓަރުކަން ކުރެއްވި ބޭފުޅާގެ ހައިސިއްޔަތުން ސިނަމާލޭ ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހިޔާ ފްލެޓްސް ފަދަ ބޮޑެތި މަޝްރޫޢުތަކުގައި އިސްކޮށް އުޅުއްވި އެވެ. މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނު ވަނީ އެއްބަޔަކު މަގުތަކަށް ނުކުމެ “ނުވާނެ”އޭ ބުނި ކަންކަން ކުރައްވައި ނިންމަވާފައެވެ. ބުރިޖު ވެސް ނޭޅޭނެއޭ ބުނިއިރު އެހެން ބުނި މީހުން މިއަދު އެ ދުއްވަނީ އެ ބުރިޖު މަތީގައެވެ.

ކޮންމެޔަކަސް، ރައީސްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހަގީގަތަކަށް ނުވާނެއޭ ބުނެވޭކަށް ނެތެވެ. ވެރިރަށް މާލެއިން ބޭރުގައި އެކި އަތޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުން އަންނަނީ ހިޔާވަހިކަމާއެކުގައެވެ. މިސާލަކަށް އދ ގައި 100 ހައުސިން ޔުނިޓް އެޅުމުގެ ޕްލޭންތައް ކުރިއަށް އެބަދެއެވެ. މަހިބަދޫ އާއި ނޮޅިވަރަންފަރުގައި މަތީ ފެންވަރުގެ ބޯހިޔާވަހިކަން ތަރައްގީ ކުރުމުން ފެށިގެން، މަދު ދުވަސްކޮޅެއްގެތެރޭގައި ރައްޔިތުންނަށް އިތުރު ތަފްސީލްތައް ލިބެން ފަށަނެއެވެ.

މީގެ އިތުރުން ބިމާއި ގުޅުންހުރި އެކިއެކި މައްސަލަތައް ހައްލުކުރުމާއި ދެމެހެއްޓެނިވި ބޯހިޔާވަހިކަން ތަރައްގީކުރުމަށް އެހީތެރިވުމުގެ މަގުސަދުގައި އާ ބިމުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށް އެބަދެއެވެ.

ރައީސް މުއިއްޒު ތަޞައްވުރު ކުރައްވަނީ މިމއަހަރަކީ "ބޯހިޔާވަހިކަމުގެ އަހަރެއްގެ ގޮތުގައި ކަމަށްވާތީވެ، މިއީ ބޯހިޔާވަހިކަމުގެ ފުރިހަމަ އިސްލާހެއް ގެނައުމަށް ކުރައްވަމުންގެންދަވާ ދަތުރުގައި މުހިންމު ދުވަސްވަރެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުބޯހިޔާވަހިކަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

3 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31