އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖް ފަށައިފި، ރޭ އެކަނި 55 ލަނޑު

އުސްތާޛް މުޙައްމަދު ޢަލީ | 151 ދުވަސް ކުރިން - 3 މޭ 2025 12:52
ރޭ ފެށި އިލާލާ ފުޓްސަލް ޔޫ23 މެޗެއްގެތެރެއިން.
ރޭ ފެށި އިލާލާ ފުޓްސަލް ޔޫ23 މެޗެއްގެތެރެއިން.
ޚުލާސާ

ރޭ އެންމެ ހައިރާން ކުރަނިވި ނަތީޖާތައް ފެނިގެންދިޔައީ ކްލަބް ލޮތަރި އާއި ޖަނަވަރީޔަމްސްގެ މެޗާއި ގަލަކްޓިކޯސް އާއި ބަފަނަ ބައްދަލުކުރި މެޗުގައި.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ފުލް ގިއަރުގައި ރޭ ހުޅުމާލެ ޕީ2 ފުޓްސަލް ދަނޑުގައި ފަށައިފި އެވެ. ފުރަތަމަ މެޗުގައި ގްރައުންޑް 1 އާއި ގްރައުންޑް 2 ވެސް އަލިކޮށްލި ފޯރިގަދަ 8 މެޗުގައި ޒުވާން ކުޅުންތެރިންގެ ހުނަރު ފެނިގެން ދިޔައެވެ.

ރޭ 8 ޖެހިއިރު އެސްސީ ޝެޑޯސް އާއި އެމްޕޯރިއަމް އެސްސީގެ ބައްދަލުވުމުން ފެށިގެން ރޭ 11 ޖެހިއިރު ލޮރެންޒޯ ސްޕޯޓްސް ކްލަބާއި އާކޮންސް އަދި އަނާކީ އާއި ލަ ފެމިލިއާ ސްޕޯޓްސް ކްލަބުގެ މެޗާއި ހަމައަށް މުބާރާތް ފެށިގެން އައީ ވަރުގަދަ ވާދަވެރިކަމާއި އެކުގައެވެ.

ރޭގެ ނަތީޖާތައް:

އަނާކީ - ލަ ފެމީލިއާ އެސް.ސީ (3-2)

އާކޮންސް - ލޮރެންޒޯ އެސް.ސީ (3-3)

އެފްސީ އަމީގޯސް -އާރްބީއެލް ސްޕޯޓްސް ކްލަބް (3-1)

ކްލަބް ޕީކޭ - ޔޫއެން ފްރެންޑްސް (1-1)

ޖޭއެސްސީ ޖަނަވަރީޔަންސް - ކްލަބް ލޮތަރި (1-21)

ވާސިލަސް - ފަސްތަރި އެސްސީ (1-2)

ގަލަކްޓިކޯސް - އެސްސީ ބަފަނަ (7-1)

އެމްޕޯރިއަމް އެސްސީ - އެސްސީ ޝެޑޯސް (2-3)

މިރޭ ވެސް ވާދަވެރި މެޗުތައް ކުޅޭނެއެވެ

މިރޭގެ މެޗުތައް

20:00 ގައި:

ޕާކް ސްޕޯޓްސް ކްލަބް - ޕާކް ބޯއީސް (ހުޅުމާލެ ގްރައުންޑް 1 ގައި)

ވީއެންޓީ ފުޓްސަލް ވޭރިއާސް - ދިޔަމިގިލި އެފްޓީ (ހުޅުމާލެ ގްރައުންޑް 2 ގައި)

21:00 ގައި:

އަނާކީ ސްޕޯޓްސް - ބަގޭސް (ހުޅުމާލެ ގްރައުންޑް 1 ގައި)

ކިންގް ކްރޫ - ގޫވަލް އެފްސީ (ހުޅުމާލެ ގްރައުންޑް 2 ގައި)

22:00 ގައި:

ބްރަދާސް އޮފް ދަ ގްރޭންޑް އެސްސީ - ވަލްޗާސް (ހުޅުމާލެ ގްރައުންޑް 1 ގައި)

ޓީއެފްޕީ - ކްލަބް ބައިސާ (ހުޅުމާލެ ގްރައުންޑް 2 ގައި)

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%