މުޒާހަރާ ތެރެއިން ފުލުހަކަށް ހަމަލާދީ ވާޖިބަށް ހުރަސް އެޅި ބަޔަކު ހައްޔަރުކޮށްފި

ހުސައިން އިސްމާއިލް | 11 ގަޑިއިރު ކުރިން - 2 މޭ 2025 13:30
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން މަގުމަތީގައި.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން މަގުމަތީގައި.
ޚުލާސާ

މަހްޒޫމް ހައްޔަރުކޮށްފައިވަނީ ފުލުހަކަށް ހަމަލާދޭން މަސައްކަތްކުރުމުން. ޝިމަން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅުމުން.

ޒުވާނުންގެ އިހުތިޖާޖުގައި ބައިވެރިވި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ ނ. ކުޑަފަރީ، ބަގީޗާގޭ އަބްދުﷲ މަހްޒޫމް މާޖިދު (28 އަހަރު) އާއި ކ. މާލެ، މ. ހަސްތީ، އާއިޝަތު ޝިމަން އަހްމަދު (19 އަހަރު) އެވެ. މަހްޒޫމް ހައްޔަރުކޮށްފައިވަނީ ފުލުހަކަށް ހަމަލާދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޝިމަން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ.

ފުލުހުން ބުނާ ގޮތުގައި މާލޭގެ މަޖީދީމަގުގައި ހިނގަމުންދިޔަ އިހުތިޖާޖުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދިޔައެވެ. އަދި ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށް ވުމާއެކު، ތަކުރާރުކޮށް ނަސޭހަތްތެރިވެ، ޤާނޫނީ އިންޒާރު ދިނުމަށްފަހު، އިހުތިޖާޖު ހުއްޓުވައި އެއްވުން ރޫޅާލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%