ޓްރާންސްޕޯޓު މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

ހުސައިން އިސްމާއިލް | 12 ގަޑިއިރު ކުރިން - 2 މޭ 2025 12:00
މިނިސްޓަރު އަމީން: ޔުމްނު ވެއްޓުނު މައްސަލައާއި ގުޅިގެން އޭނާގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ބުނޭ.
މިނިސްޓަރު އަމީން: ޔުމްނު ވެއްޓުނު މައްސަލައާއި ގުޅިގެން އޭނާގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ބުނޭ.
ޚުލާސާ

އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހު. ނޯޓިސް ފޮނުވީ ބުދަ ދުވަހު.

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ފޮނުވައިފިއެވެ. މަޖިލިހުގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި މި ނޯޓިސް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މިފަދަ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެކަން މިނިސްޓަރަށް އަންގަންޖެހެއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ މާލޭގެ އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ހައްވާ ޔުމްނާ ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެންނެވެ. މައްސަލައިގައި ބުނެފައިވަނީ މިނިސްޓަރު އަމީންގެ އާއިލާ މެންބަރުން މި ހާދިސާގައި ހިމެނޭ ކަމަށާއި، ފުލުހުން މި މައްސަލަ ތަޙްޤީޤުކުރުމުގައި މަޢުލޫމާތު ސިއްރުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އަމީން ވަނީ މި މައްސަލައިގައި ކުރެވޭ ތުހުމަތުތައް ކުރިން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ހާދިސާ ހިނގި ވަގުތު އޭނާ ރާއްޖޭގައި ނެތް ކަމަށާއި، ގަތަރުގައި އޮތް ރަސްމީ ބައްދަލުވުމަކަށްފަހު ރާއްޖެ ވަޑައިގެންނެވީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރު މި މަހުގެ 15 ވަނަ ދުވަހު ނިމުމުގެ ކުރިން މި މައްސަލައާމެދު ގޮތެއް ނިންމުމަށް މަޖިލިހުން މަސައްކަތްކުރަމރަމުންދާ ކަމަށް އެނގެއެވެ. ނަމަވެސް މަޖިލިހުގެ މެޖޯރިޓީ އޮތް ޕީއެންސީން އަދި މި މައްސަލައާ ގުޅޭގޮތުން ވަކި ނިންމުމެއް ނިންމާފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%