ޤައުމީ ޚިދުމަތާއި ގުޅުމަށް ޒުވާނުންނަށް ފުރުޞަތު ހުޅުވާލައިފި

އުސްތާޛް މުޙައްމަދު ޢަލީ | 3 ގަޑިއިރު ކުރިން - 1 މޭ 2025 12:59
133ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އަންހެން ސިފައިންގެ މީހަކަށް ރައީސުލްޖުމްހޫރިއްޔާ ބަޑި ޙަވާލުކުރެއްވަނީ.
133ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އަންހެން ސިފައިންގެ މީހަކަށް ރައީސުލްޖުމްހޫރިއްޔާ ބަޑި ޙަވާލުކުރެއްވަނީ.
ޚުލާސާ

މި ޚިދުމަތުގައި ބައިވެރިވެވޭނީ 1 ޖޫން 2025 ގެ ކުރިން ފޯމު ހުށަހަޅަ ފަރާތްތަކަށް. އެއީ 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ވާނެ ޖެހޭނެ.

ރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމު ނުވަތަ މޯލްޑިވްސް ނޭޝަނަލް ސަރވިސްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މި ޚިދުމަތުގައި ބައިވެރިވެވޭނީ 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. ސުންގަޑިއަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ކުރިންނެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން “ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު” ފުރިހަމަ ކުރެއްވުމަށްފަހު ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް ވެސް ކުރެވޭނެއެވެ.

އީމެއިލް ކުރަންވީ:

[email protected]

މި ޕްރޮގްރާމުގެ މަޤްޞަދަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ބިނާކުރުމެވެ. އަދި ޤައުމަށް ކުރިމަތިވާ ނުރައްކާތަކާއި ކާރިސާތަކުގައި ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތުން ތަމްރީނުކުރުމާއި، ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމް ފަށާނެކަން ރައީސް އިޢުލާނުކުރެއްވީ 2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

މި ޕްރޮގްރާމަކީ ތަމްރީނާާއި ތަރުބިއްޔަތު ލިބިފައިވާފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ މުހިންމު ސިޔާސަތެއްގެ ބައެއްކަމަށް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%