ޣައްޒާއަށް މުސީބާތެއް! ރަފާހުގެ ހުރިހާ ގެތައް ތަޅައި ބިމާއި ހަމަކުރަނީ

ޖަވާދު | 1 ދުވަސް ކުރިން - 29 އޭޕްރިލް 2025 13:08
އިސްރާއީލުގެ ސިފައިން ރަފާހުގެ ޢިމާރާތްތަތައް ތަޅައި ބިމާހަމަކުރަނީ.
އިސްރާއީލުގެ ސިފައިން ރަފާހުގެ ޢިމާރާތްތަތައް ތަޅައި ބިމާހަމަކުރަނީ.
ޚުލާސާ

4 ލައްކަ 50 ހާހަށްވުރެ ގިނަ ރައްޔިތުން މިހާރު ވަނީ ރަފާއިން ފިލައިގެން ގޮސްފައި. ރެސިޑެންޝަލް ހުރިހާ ބުލޮކެއް ވަނީ ތަޅާލާފައި.

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާއަށް މިއަދު އިޒްރޭލުގެ ޒައެނިސްޓު ޖަމާޢަތުން އަރައިގަނެ ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަކޮށް، މުޅި އަވަށްތައް ތަޅާލައި، އެތައް ހާސް ބަޔަކު ގެދޮރުން ދޫކޮށް ދިޔުމަށް މަޖުބޫރު ކުރަމުން އެބަދެއެވެ.

ހައްދުފަހަނައެޅި ޒައެނިސްޓުން ގަލަސްތީނުގެ ރަފާހްގެ ހުރިހާ އިމާރާތެއް ބިމާއި ހަމަކޮށްފަ. 90 ޕަސަންޓް އިމާރާތްތައް މިހާރު ބިމާއި ހަމަކޮށްލައިފި.

ފަލަސްތީނުގެ އޮފިޝަލުން ބުނާ ގޮތުގައި 450،000 އަށް ވުރެ ގިނަ އާންމު ރައްޔިތުން މިހާރު ވެސް ވަނީ ރަފާއިން ފިލައިގެން ގޮސްފައި ކަމަށާއި، މިހާރު އެ ސިޓީގެ ރައްޔިތުން ދިރިއުޅޭ ހުރިހާ ފުލެޓްތަކާއި ބްލޮކްތައް ތަޅާލާފައިވާ ކަމަށެވެ. އަދި އަސާސީ އިންފްރާސްޓްރަކްޗަރތައް ވެސް ހަލާކުވެފައިވާ ކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޣައްޒާގެ ސިއްހީ އިދާރާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަފާހުގައި މަދުވެގެން 70 މީހުން ޝަހީދުކޮށްލާފައި ވެއެވެ. ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކާބޯތަކެތީގެ ސަޕްލައި ހުއްޓި، ރައްކާތެރި ބޯފެން ހޯދުމަކީ ގާތްގަނޑަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވަނީ އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށްފައެވެ. ނަމަވެސް ޣައްޒާގެ މުސްލިމްގެ ދިފާޢުގައި އ.ދ. އަކަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%