ޔަމަނުގެ ސަޢުދާ ސަރަޙައްދުގައި ހުރި މަރުކަޒަކަށް އެމެރިކާއިން ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން 60 މީހުން މަރުވެއްޖެ ކަމަށައި މީގެޔެރޭގައި ތިބީ އެފްރިކާގެ މުހާޖިރުން ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
ހަމަލާ އަމާޒުވި މަރުކަޒަކީ ޙޫތީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދެއްގައި ހުރި، ގަލްފް ޤައުމުތަކަށް ދަތުރުކުރާ މުހާޖިރުން ބަންދުކޮށްފައި ތިބި ތަނެކެވެ.
އެމެރިކާއިން ބުނީ މި ހަމަލާއަކީ ހުސްވި މަހު އެގައުމުން ފެށި "އޮޕަރޭޝަން ރަފް ރައިޑަރ" ގެ ބައެކެވެ.
އެމެރިކާއިން މި ހަމަލާ ދިން އަސްލު ސަބަބަކީ ޔަހޫދީން ރުއްސުމަށެވެ. ޔަހޫދީންނާއި ދެކޮޅަށް ހޫޡީން އަންނަނީ ރަތްކަނޑުގައި ވެސް ހަނގުރާމަ ކުރަމުންނެވެ.
އެމެރިކާއިން ވަނީ ޔަމަނުގެ 800 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީ، ގިނަ އަދަދެއްގެ މީހުން މަރައިލާފައެވެ.