ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި ގޮތުގައި، މި ދޯނި ގައްދޫއިން ފުރީ ރޭ 8:00 ހާއިރުއެވެ.
ގެއްލިގެން ހޯދަމުންދާ ދޯނީގެ ފޮޓޯ.
މި ދޯނީގައި ތިބީ ޖުމްލަ ފަސް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ. ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް ރޭ ދަންވަރު 2:40 ގައެވެ. އެ ވަގުތު ދޯނީގެ ކެޕްޓަން ބުނެފައިވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރުތަކެއް ނުވާ ކަމަށެވެ.
އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑާއި މާލޭ އޭރިއާ ގުޅިހެން ދޯނި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ފުލުހުން ވަނީ މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އެންގުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.