Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އިންޑިޔާ އިން ދީފާނެ ކުއްލި ހަމަލާއަކަށް ޕާކިސްތާން ހައި އެލާޓްގައި

އައިޝަތު އީމާން
543 ދުވަސް ކުރިން - 28 އޭޕްރިލް 2025 22:35
އިންޑިއާއިން ދީފާމެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނު ހައި އެލާޓުގައި.
އިންޑިއާއިން ދީފާމެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނު ހައި އެލާޓުގައި.
ޚުލާސާ

ދެގައުމު ގުޅޭ ބޯޑަރު ބަންދު ކޮށްފައިވާއިރު ޕާކިސްތާނުގައި ގިނައީ އެމެރިކާގެ ހަތިޔާރު އަދި އިންޑިއާގައި ގިނައީ ރަޝިއާ ހަތިޔާރު.

އިންޑިޔާގެ ޖުއްމޫ ކަޝްމީރުގައި ފަތުރުވެރިން ޒިޔާރަތްކުރާ ސަރަހައްދުގައި ކާކުކަން ނޭނގޭ ބަޔަކު ހިންގި ބަޑި ޖެހުމުގެ ޓެރަރިސްޓް ހާދިސާއެއްގައި 26 މީހަކު މަރުވުމާއި ގުޅިގެން އިންޑިޔާ ސަރުކާރުން ޕާކިސްތާނަށް ދެމުން އަންނަ އިންޒާރުތަކާއި ގުޅިގެން ޕާކިސްތާންގެ އަސްކަރިއްޔާ ހައިއެލާޓަށް ގެނެސްފައިވާކަމަށް ޕާކިސްތާނުގެ ދިފާޢީ ވަޒީރު ހަވާޖާ މުޙައްމަދު ޢާޞިފް ވިދާޅުވެފައިވާކަމަށް ރޮއިޓާރސްއިން ބުނެފައިވެއެވެ.

އިންޑިޔާ އިން ބުނާގޮތުގައި ކަޝްމީރުގައި ހިންގި ހަމަލާގައި ޕާކިސްތާނުގެ އަތެއް ވެއެވެ. އެހެން ނަމަވެސް ތުހުމަތާއި ގުޅޭ އެއްވެސް ހެއްކެއް މިހާތަނަށް އިންޑިޔާއިން ހާމަކޮށްފައެއް ނުވެއެވެ. ޕާކިސްތާނާއި އިންޑިޔާ ވަނީ ކަޝްމީރުގެ މައްސަލާގައި ކުރިން ވެސް ދެފަހަރެއްގެ މަތިން ހަނގުރާމަ ކޮށްފައެވެ.

މިފަހަރު ކަޝްމީރުގައި ހިންގި ހަމަލާ އާއި ގުޅިގެން ޕާކިސްތާނަށް ހަމަލާ ދިނުމަށް ހިންދޫ ހަރުކަށި ސިޔާސީ ޖަމާޢަތްތަކުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. މިފަހަރު އުފެދުނު ހަމަނުޖެހުމުގައި ދެޤައުމުން ވެސް ވަނީ އެއްޤައުމު އަނެއްޤައުމަށް ދަތިކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އިންޑިޔާ އިން ވަނީ ޕާކިސްތާނުގެ ރައްޔިތުންގެ ވިސާ ކެންސަލްކޮށް 48 ގަޑި އިރުގެ ތެރޭގައި ޕާކިސްތާނުގެ ރައްޔިތުން އިންޑިޔާއިން ފޭބުމަށް އަންގާފަ އެވެ. އަދި ޕާކިސްތާނުން ވެސް ވަނީ ، ސިކުން ފިޔަވައި އިންޑިޔާގެ ރައްޔިތުން ފޭބުމަށް އަންގާފަ އެވެ. އަދި ޕާކިސްތާނާއި އިންޑިޔާ ގުޅޭ ވަގާ ބޯޑަރު ބަންދުކޮށް އެލާޓަށް ގެނެސްފައިވެއެވެ.

Advertisement

Advertisement 1

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ވިދާޅުވެފައިވަނީ ޕާކިސްތާނު ދެމިއޮތުމަށް ނުރައްކާ ވެއްޖެ ޙާލަތެއްގައި ނޫނީ ނިޔުކުލިޔަރ ހަތިޔާރު ބޭނުން ނުކުރާނެކަމަށެވެ. މި ދެޤައުމުގައި ހުރި ހަތިޔާރަށް ބަލާއިރު ޕާކިސްތާނުގައި ގިނައީ އެމެރިކާ ހަތިޔާރެވެ، އިންޑިޔާގައި ހުރީ ރަޝިޔާގެ ހަތިޔާރެވެ. ފައިޓަރ ޖެޓްތަކަށް ބަލާއިރު ވެސް ޕާކިސްތާނުގައި އެމެރިކާގެ އެފް 16 ގެ ބޯޓާއި ޗައިނާ އާއި ޕާކިސްތާން ގުޅިގެން އުފައްދާފައިވާ އިންޑިޔާއަށް ވުރެ ފެންވަރު ރަނގަޅު އެޑވާސް ބޯޓުތައް ހުރިކަމަށްވެއެވެ. މިދެޤައުމަކީ ވެސް ނިއުކުލިޔަރު ހަތިޔާރު ހުރި ދެޤައުމެވެ. އިންޑިޔާގައި މިހާރު އޮތް ސަރުކާރުން އިންޑިޔާގެ ޤާނޫނު އަސާސީ އާއި ޚިލާފަށް މުސްލިމުންނާއި މެދު ތަފާތުކޮށް ކަންތައްކުރާ ކަމުގެ ޝަކުވާ އިންޑިޔާގެ މުސްލިމުންނާއި ޕާކިސްތާނުގެ މުސްލިމުންނާއި ބައިނަލްއަޤުވާމީ ބައެއް އިދާރާތަކުން ކުރެއެވެ.

އެގޮތުން 500 ޤަރުނު ވެފައިވާ ބާބަރި މިސްކިތް ހުރިތަނުގައި ހިންދޫން ފައްޅިއެއް އެޅުމާއި، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މުސްލިމުންގެ މުދަލަށާއި ފުރާނައަށް ގެއްލުން ދިނުމުގެ ހާދިސާތައް ހިންދޫން ހިންގާ ކަމަށާއި، މުސްލިމުންގެ މިސްކިތްތަކަށް ވެސް ގެއްލުން ދިނުމުގެ ހާދިސާތައް ހިންގަމުން ދެއެވެ. އަދި ދާދި ފަހުން ޕާލަމެންޓުން ވަނީ، މުސްލިމުންގެ ވަޤުފު ބިންތަކާއި މުދާތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމާއި ގުޅޭ ބިލެއް ވެސް ފާސްކޮށްފައެވެ. އެމައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް އިސްތިއުނާފް ކުރެވިފައެވެ. އެހެން ނަމަވެސް ބާބަރީ މިސްކިތް ތަޅާލި މައްސަލަ ވެސް ނިންމި ގޮތަށް ސަރުކާރާއި އެއްކޮޅަށް މިމައްސަލަ ވެސް ނިންމާފާނެތީ، މުސްލިމުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށްވެއެވެ.

ނޯޓް: އާޓިކަލް ލިޔުއްވީ އަލްއުސްތާޛް ޢަލީ އާދަމް

އިންޑިއާ-ޕާކިސްތާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދެން ހަމަލާ ދީފިނަމަ ޕާކިސްތާނަށް ކުޅިދައްކާލާނަން: މޯދީ

ދެން ހަމަލާ ދީފިނަމަ ޕާކިސްތާނަށް ކުޅިދައްކާލާނަން: މޯދީ

529 ދުވަސް ކުރިން - 01:25

އިންޑިއާ-ޕާކިސްތާން ހަމަލާތައް ހުއްޓާލައި ވައިގެ ސަރަހައްދު ހުޅުވާލަނީ

އިންޑިއާ-ޕާކިސްތާން ހަމަލާތައް ހުއްޓާލައި ވައިގެ ސަރަހައްދު ހުޅުވާލަނީ

531 ދުވަސް ކުރިން - 19:30

ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ބަލަނީ

ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ބަލަނީ

531 ދުވަސް ކުރިން - 16:07

ތާރީހުގައި އެންމެވަރުގަދަ ޑްރޯން ހަމަލާ ޕާކިސްތާނުން އިންޑިއާއަށް!

ތާރީހުގައި އެންމެވަރުގަދަ ޑްރޯން ހަމަލާ ޕާކިސްތާނުން އިންޑިއާއަށް!

531 ދުވަސް ކުރިން - 12:27

ޕާކިސްތާނުން އިންޑިއާގެ 12 ޑްރޯން ވައްޓާލައިފި

ޕާކިސްތާނުން އިންޑިއާގެ 12 ޑްރޯން ވައްޓާލައިފި

533 ދުވަސް ކުރިން - 13:13

އިންޑިއާ-ޕާކިސްތާން: ހަތިޔާރުގެ ގޮތުން މޮޅީ ކޮން ބައެއް؟

އިންޑިއާ-ޕާކިސްތާން: ހަތިޔާރުގެ ގޮތުން މޮޅީ ކޮން ބައެއް؟

534 ދުވަސް ކުރިން - 17:53