Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކިންގް ސަލްމާނާއި އެރްދޮޣާނަށް އެރުވި ޝަރަފު މާދަމާ ރައީސް ޑރ. މުޢިއްޒަށް އަރުވަނީ

ކިންގް ސަލްމާނާއި އެރްދޮޣާނަށް އެރުވި ޝަރަފު މާދަމާ ރައީސް ޑރ. މުޢިއްޒަށް އަރުވަނީ

ޢަބްދުﷲ ޖުނައިދު
409 ދުވަސް ކުރިން - 28 އޭޕްރިލް 2025 15:14
ސައޫދީ ރަސްގެފާނު ކިންގް ސަލްމާން ބިން ޢަބްދުލް އަޒީޒް އަލް ސައުދު (ކ) އާއި ތުރްކިޔޭގެ ރައީސް ރެޖެބް ޠޮއްޔިބް އެރްދޮޣާން (ވ) އަށް އެރުއްވި ޝަރަފް ރައީސް ޑރ. މުޢިއްޒަށް މާދަމާ (29 އެޕްރީލް 2025ގައި) ލިބިވަޑައިގަންނަވާނެ.
ސައޫދީ ރަސްގެފާނު ކިންގް ސަލްމާން ބިން ޢަބްދުލް އަޒީޒް އަލް ސައުދު (ކ) އާއި ތުރްކިޔޭގެ ރައީސް ރެޖެބް ޠޮއްޔިބް އެރްދޮޣާން (ވ) އަށް އެރުއްވި ޝަރަފް ރައީސް ޑރ. މުޢިއްޒަށް މާދަމާ (29 އެޕްރީލް 2025ގައި) ލިބިވަޑައިގަންނަވާނެ.
ޚުލާސާ

މާދަމާ މި ޝަރަފުވެރި މަޤާމު ލިބިވަޑައިގަތުމާއެކު ރައީސް މުއިއްޒު ހިމެމެނިވަޑައިގަންނަވާނީ އައި.އައި.ޔޫ.އެމްއިން ޝަރަފުވެރި ޑިގްރީ ލިބިވަޑައިގެންފައިވާ ދުނިޔޭގެ އިސް ލީޑަރުންގެ ތެރޭގަ.

ސައޫދީ ރަސްގެފާނު ކިންގް ސަލްމާން ބިން ޢަބްދުލް އަޒީޒް އަލް ސައުދު އާއި ތުރްކިޔޭގެ ރައީސް ރެޖެބް ޠޮއްޔިބް އެރްދޮޣާން އަށް އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) އިން އެރުއްވި އޮނަރަރީ ޑޮކްޓަރޭޓްގެ ލަޤަބް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަށް މާދަމާ އަރުވާނެއެވެ.

ރައީސް މުޢިއްޒަށް އަރުވަނީ އިސްލާމީ ލީޑަރޝިޕް އަދި މަދަނީ ތަރައްޤީގެ ދާއިރާއިން ޝަރަފުވެރި ޑޮކްޓަރޭޓްގެ އެވޯޑެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ އައި.އައި.ޔޫ.އެމްގެ ޤާނޫނީ އިސްވެރިޔާ ޓެންކު އަމްޕުއަން ޕަހަންގް ޓުންކު އަޒީޒާ އަމީނާ މައިމޫނާ އިސްކަންދަރިއްޔާއެވެ.

މި ޝަރަފުވެރި މަޤާމު ލިބިވަޑައިގަތުމާއެކު ރައީސް މުއިއްޒު ހިމެމެނިވަޑައިގަންނަވާނީ އައި.އައި.ޔޫ.އެމްއިން ޝަރަފުވެރި ޑިގްރީ ލިބިވަޑައިގެންފައިވާ ދުނިޔޭގެ އިސް ލީޑަރުންގެ ތެރޭގައެވެ. 2014 ވަނަ އަހަރު ތުރްކިޔޭގެ ރައީސް ރެޖެބް ޠޮއްޔިބް އެރްދޮޣާނަށް މެނޭޖްމަންޓްގެ ދާއިރާއިން ޝަރަފުވެރި ޑޮކްޓަރޭޓްގެ އެވޯޑް ލިބިވަޑައިގެންނެވިއިރު، 2017 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދަށް ސިޔާސީ ޢިލްމުގެ (އިސްލާމް އަދި ވަސަޠިއްޔާ) ދާއިރާއިން ޝަރަފުވެރި ޑޮކްޓަރޭޓަކާއި އެކު ލައިފްޓައިމް އައުޓްސްޓޭންޑިންގ އެޗީީވްމަންޓް އެވޯޑެއްވެސް ދެއްވާފައިވެއެވެ.

Advertisement

Advertisement 1

ޝަރަފުވެރި ޑޮކްޓަރޭޓް ލިބިވަޑައިގަތުމަށްފަހު، ރައީސް މުއިއްޒު "ދަ އިންޓެލެކްޗުއަލް ރެނެސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަން ޑިވެލޮޕްމަންޓްސް އޮފް އިސްލާމިކް ސިވިލައިޒޭޝަން" ގެ ނަމުގައި ޢާންމު ލެކްޗަރެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ފާހަގަކޮށްލެވެނީ ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާކަމެވެ. އަދި ފަތުރުވެރިކަމާއި، ޞިއްޙީވދާއިރާގެ އިތުރުން، ތަޢުލީމު ފަދަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވި، މިއަދު ހެނދުނު އެއްބަސްވުންތަކެއްގައި ސޮއި ވެސް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

**އާދެ**، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) އަކީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ އަދި އިޙްތިރާމް ލިބިފައިވާ ޔުނިވަރސިޓީއެކެވެ.

އައިއައިޔޫއެމް އަކީ އިސްލާމީ ތައުލީމާއި ގުޅޭ މުޅި ދުނިޔޭގެ ވެސް އެންމެ މަޝްހޫރު މެލޭޝިއާގެ އެއް ޔުނިވާސިޓީ އެވެ. އިސްލާމީ ދިރާސާތަކާއި، ޤާނޫނާއި، މެނޭޖްމަންޓާއި، އިންޖިނިއަރިންގއާއި، އިޖްތިމާޢީ ޢިލްމުތަކުގައި ބައިނަލްއަޤްވާމީ ގޮތުން ނުފޫޒު ވެސް އޮންނަ މި ޔުނިވާސިޓީ އަކީ ބައިނަލްއަގްވާމީ އެތައް ތައުލީމީ ޖަމިއްޔާތަކެއްގެ މެމްބަރެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމެލޭޝިއާއޮނަރަރީ ޑޮކްޓަރޭޓް
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

3 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

1 ދުވަސް ކުރިން - 23:30

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03