Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިހާރު ފަސްދޮޅަސް! ފަނޑިޔާރުންނާއިމެދު ޖޭއެސްސީން ހަދާނީ ކިހިނެއް؟

މިހާރު ފަސްދޮޅަސް! ފަނޑިޔާރުންނާއިމެދު ޖޭއެސްސީން ހަދާނީ ކިހިނެއް؟

ޢަބްދުﷲ ޖުނައިދު
409 ދުވަސް ކުރިން - 28 އޭޕްރިލް 2025 07:00
ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު: މި ދެފަނޑިޔާރުން ސަސްޕެންޝަނުގައި ތިއްބަވާތާ 60 ދުވަސް.
ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު: މި ދެފަނޑިޔާރުން ސަސްޕެންޝަނުގައި ތިއްބަވާތާ 60 ދުވަސް.
ޚުލާސާ

ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ސަސްޕެންޝަނުގައި ތިއްބަވާތާ 60 ދުވަސް ވާއިރު، ރައްޔިތުންގެ ޓެކްސް ފައިސާ ފަނށިޔާރުންނަށް ޚަރަދުކުރަން ޖެހޭނީ އެ އޮންނަ ހަމައިގެތެރެއިން. ގޮތެއް ނިންމަވާ!

ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު އެތިއްބެވީ ސަސްޕެންޝަނުގައެވެ. އެ ދެފަނޑިޔާރުން އެބޭފުޅުންގެ ވަޒީފާއިން ވަކިކުރުމާއި ނުކުރުން ބިނާވެގެން ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވާ ގޮތެއްގެ މައްޗަށެވެ.

ފާހަގަކޮށްލަން ޖެހޭ މުހިންމު ކަމަކީ ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކުރަން ޖެހޭނީ ނަޒާޙަތްތެރި ފަނޑިޔާރުންނަށެވެ. ޤާނޫނާއި ފުށުނާރާ ގޮތަށެވެ. ޤާނޫނުގައިވާ ގޮތުންނަމަ ފަނޑިޔާރަކު ސަސްޕެންޑުކޮށްފައި ބެހެއްޓޭނީ ގިނަވެގެން 60 ދުވަހަށެވެ. ސުވާލަކީ މިދެންނެވި ދެފަނޑިޔާރުން ސަސްޕެންޝަނުގައި ތިއްބަވާތާ އަދި 60 ދުވަސް ނުވަނީތޯއެވެ؟

ފެންނަންހުރި ކިތާބީ ހެކިތަކުން އެނގެން އޮތް ގޮތުގައި މި ދެފަނޑިޔާރުން ސަސްޕެންޑް ކުރީ ފެބްރުއަރީ މަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ނެވެ.

Advertisement

Advertisement 1

ޖޭ.އެސް.ސީން އަންނަނީ ފެބުރުއަރީ 26 ގައި ސަސްޕެންޑް ކޮށްފައިވާ މި ދެފަނޑިޔާރުންނާގުޅޭ އިތުރު މައްސަލަތަކެއް ވެސް ބަލަމުންކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފްއާ ހުތުރުބަހުން މުޚާޠަބުކުރި ކަމަށް ބުނާ މަޖިލީހުގައި ދެފަނޑިޔާރުން ބައިވެރިވި ކަމަށް ބުނާ މައްސަލައެވެ.

ތަހުގީގު ކޮމެޓީގެ ނިންމުމާ މެދު ޖަވާބުދާރީވުމަށް ދެ ފަނޑިޔާރުންނަށް ފުރުސަތު ދިންކަން ފާހަގަ ކުރެވެއެވެ. ފަނޑިޔާރެއްގެ ކިބައިން ފެނިގެން ނުވާނެ “ނަޒާޙަތްތެރި ނޫން” މަންޒަރުތަކާއި ސިފަތައް ވެސް އެ ބޭފުޅުންގެ ކިބައިން ފެނިފައިވާ ކަމަށް އޭސީސީ އާއި އަދި ތަޙްޤީޤް ކޮމިޓީން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާއި މެދު ގޮތެއް ނިންމައި އިޢުލާންކޮށްފައެއް ނުވެއެވެ.

މިހާރު ޑރ. އަޒްމިރާލްދާ އާއި މަހާޒު ސަސްޕެންޝަންގައި ތިއްބަވާތާ 60 ދުވަސް ވެފައިވާއިރު، ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭނެ އެންމެ ދިގު މުއްދަތަކީވެސް 60 ދުވަސްކަން ފާހަގަކުރެވެއެވެ. މިކަމުގައި ޖޭ.އެސް.ސީން ދެން ޢަމަލުކުރާނެ ގޮތަކީ ކޮބައިތޯއެވެ؟ ގައިމު ވެސް މިހާރި 60 ދުވަސް ވާނެ ނޫންތޯއެވެ؟ ފަނޑިޔާރުންގެ ވެސް ޙައްޤުތައް އޮންނަ ފަދައިން ރައްޔިތުންގެ ޓެކްސް ފައިސާ ހޭދަކުރަމުންދާއިރު އެ ރައްޔިތުންގެ ޙައްޤުތަކާއި ކޯޓުތަކުގެ ޙައްޤުތައްކެއްވެސް އެބަ އޮތެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)ފަނޑިޔާރުސުޕްރީމް ކޯޓު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ހުކުމް ކޮށްފި

42 ދުވަސް ކުރިން - 15:27

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ހަމަޖައްސައިފި

44 ދުވަސް ކުރިން - 23:06

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާ ގަވާއިދަށް އިސްލާހެއް ގެނެސްފި

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާގޮތް އިސްލާހުކޮށްފި

49 ދުވަސް ކުރިން - 23:25

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލަނީ

ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން ގާނޫނު އިސްލާހުކުރަނީ!

51 ދުވަސް ކުރިން - 21:00

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ހުކުމްކޮށްފި

މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

60 ދުވަސް ކުރިން - 13:47

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ރިފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް: ސުޕްރީމް ކޯޓު

ރިފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް: ސުޕްރީމްކޯޓު

71 ދުވަސް ކުރިން - 15:35