ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެފި

އަހްމަދު އީޒާން | 175 ދުވަސް ކުރިން - 27 އޭޕްރިލް 2025 22:17
ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓުތައް ކަސްޓަމްސް އިން ހިފަހައްޓައިފައި / ފޮޓޯ: ކަސްޓަމްސް
ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓުތައް ކަސްޓަމްސް އިން ހިފަހައްޓައިފައި / ފޮޓޯ: ކަސްޓަމްސް
ޚުލާސާ

ކަސްޓަމްސް އިން ބުނީ ކޮންޓެއިނަރުތައް ބަލައި ފާސްކޮށް، އޭގެ ތެރެއިން 40 ފޫޓުގެ 2 ކޮންޓެއިނަަރުން 360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް.

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް އިން ރޭ އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނީ އެ ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ ކޮންޓެއިނަރުތައް ބަލައި ފާސްކޮށް، އޭގެ ތެރެއިން 40 ފޫޓުގެ 2 ކޮންޓެއިނަަރުން 360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެއީ ޖުމްލަ 13،600،000 ސިނގިރޭޓު ސްޓިކެވެ.

ނަމަވެސް، މި ސިނގިރޭޓްތައް އެތެރެކުރަން އުޅުނީ ކޮން ބަޔަކު ކަމެއް ކަސްޓަމްސް އިން އަދި ނުބުނެ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރާ މައްސަލަތައް ގިނައިރު، މި މަހު ވަނީ އައްޑޫ އިންޓަނޭޝަނަަލް އެއާޕޯޓުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު ވެސް އަތުލައިގަނެފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%