Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޒުވާނުންގެ އިހްތިޖާޖަށް އެމްޑީޕީ އެކްޓިވިސްޓުން ވަދެ ސިޔާސީ ކޮށްފި

ޒުވާނުންގެ އިހްތިޖާޖަށް އެމްޑީޕީ އެކްޓިވިސްޓުން ވަދެ ސިޔާސީ ކޮށްފި

ހުސައިން އިސްމާއިލް
500 ދުވަސް ކުރިން - 27 އޭޕްރިލް 2025 11:18
ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީގެ އެކްޓިވިސްޓުން.
ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީގެ އެކްޓިވިސްޓުން.
ޚުލާސާ

ޔުމްނުގެ މައްސަލައިގައި ޒުވާނުން ކުރި މުޒާހަރާ ސިޔާސީ ނުކުރަމޭ ބުނާއިރު، އޭގެތެރެއަށް އެމް.އެން.ޕީ.ގެ ޝިދާތާއާއި އެމްޑީޕީގެ އެކްޓިވިސްޓުން ވަދެ ސިޔާސީކުރިކުރީނުން، މެޓީރިއަލްތައް ތައްޔާރުކޮށް ހަރަދުވެސް ކުރަނީ އެމްޑީޕީން.

މާލޭގައި އިމާރާތަކުން ވެއްޓި މަރުވި ޒުވާން އަންހެންކުއްޖާ ހައްވާ ޔުމްނާ ރަޝީދުގެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދާ މުޒާހަރާ ސިޔާސީ ކޮށްފިއެވެ.

ޒުވާނުން ނުކުމެ ކުރި މުޒާހަރާގެ މައިގަނޑު މަޤްޞަދަކީ ޔުމްނުގެ މައްސަލައިގައި އިންސާފު ހޯދައިދިނުމެވެ. ނަމަވެސް، މުޒާހަރާގެ ތެރެއަށް ސިޔާސީ ފަރާތްތައް ވަދެ، މުޒާހަރާގެ މަޤްޞަދު މިހާރު ވަނީ އޮޅުވާލާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަންނަ ރިޔާސީ އިންތިޚާބަށް ފައްކާކުރަމުންދާ އެމް.އެން.ޕީން ވެސް ވަނީ އެ ޕާޓީގެ ނައިބު ރައީސް ސިދާތާއާއި އިތުރު ބަޔަކު މި މުޒާހަރާގެ ތެރެއަށް ވައްދާފައެވެ. އަނެއްކޮޅުން، ދަނޑިވަޅުގެ ބޭނުން ހިފައި އެމްޑީޕީގެ އިސް އެކްޓިވިސްޓުން މުޒާހަރާގައި ބައިވެރިވެ، މުޒާހަރާގެ މަޤްޞަދު ބަދަލުކުރުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި އެމްޑީޕީން މުޒާހަރާގައި ބައިވެރިވުމަށް އެ ޕާޓީގެ އެކްޓިވިސްޓުންނަށް ގުޅައި، ޕޮކެޓްމަނީ ދިނުމުގެ އިތުރުން ޕޯސްޓަރުތައް ތައްޔާރުކޮށް، އެތަކެތި ބަހާފައި ވެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އެމްޑީޕީގެ ޖަގަހައިގައި މުޒާހަރާގެ މެޓީރިއަލް ތައްޔާރުކުރި ކަމުގެ ފޮޓޯތައް ވެސް އާންމުވެފައިވެއެވެ. މިކަމާ ގުޅިގެން ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފުރާޅުން ވެއްޓުނު މައްސަލައިގެ އިންސާފު ހޯދުމަށް ޒުވާނުން ކުރަމުންދާ އިހުތިޖާޖުގެ ތެރެއަށް ސިޔާސީ ކުލަ ޖެއްސުމަށް އެމްޑީޕީ އޮފީސްތެރޭގައި ހިންބި ހަރަކާތުގެތެރެއިން / ފޮޓޯ: އެމްޑީޕީގެ އެކްޓިވިސްޓެއް

ޒުވާނުން މުޒާހަރާ ކުރަމުންދަނީ ސަރުކާރާ ދެކޮޅަށް ނޫންކަމާއި، ވެރިން އިސްތިޢުފާ ދިނުމަށް ގޮވާލުމެއް ނޫންކަން ފާހަގަކުރެވެއެވެ. ނަމަވެސް، ސިޔާސީ ފަރާތްތަކުން މުޒާހަރާގެ ތެރެއަށް ވަދެ، މުޒާހަރާގެ މަޤްޞަދު އޮޅުވާލައި، އެކަމުގެ ސިޔާސީ ފައިދާ ނެގުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

މުޒާހަރާގައި ބައިވެރިވި ޒުވާނުން ވަނީ ޔުމްނާގެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށާއި، މުޖުތަމަޢުގައި އިތުރުވަމުންދާ މިފަދަ ހާދިސާތައް ހުއްޓުވުމަށް އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަކީ އެންމެ އެކަށީގެންވާ ހައްލު ކަމުގައި ފާހަގަކޮށްފައެވެ. ނަމަވެސް، ސިޔާސީ ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން މުޒާހަރާގެ އަޞްލު މަޤްޞަދު އޮޅިގެންދާކަން ފާހަގަކުރެވެއެވެ. އެ ސިޔާސީ މީހުންނަކީ އިސްލާމީ ޝަރީޢާ އާއި ދެކޮޅު ބައެއް ކަމަށް އެ މުޒާހަރާގައި ބައިވެރިވި ޒުވާނުން ބުނެއެވެ.

ޔުމްނުމުޒާހަރާއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

“ކޮންމެ ދުވަހަކު އެއްގަޑިއަކަށް ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި ދެނީ” ކަމަށް ތުހުމަތު ކޮށްފި

‘ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި” ދޭކަމަށް ތުހުމަތު ކޮށްފި

3 ދުވަސް ކުރިން - 18:46

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

6 ދުވަސް ކުރިން - 05:32

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

11 ދުވަސް ކުރިން - 10:23

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

17 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

17 ދުވަސް ކުރިން - 18:55

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

22 ދުވަސް ކުރިން - 10:56