Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޒުވާނުން ނުކުމެ އިސްލާމީ ޝަރީޢާ ހިންގުމަށް ގޮވާލައިފި

ޒުވާނުން ނުކުމެ އިސްލާމީ ޝަރީޢާ ހިންގުމަށް ގޮވާލައިފި

އައިޝަތު އީމާން
455 ދުވަސް ކުރިން - 27 އޭޕްރިލް 2025 03:02
"ހައްލަކީ އިސްލާމީ ޝަރީއަތް" ކަމަށް ބުނެ މުޒާހަރާގެ ބައިވެރިއެއް ހިފައިގެން ހުރި ބޯޑެއް.
"ހައްލަކީ އިސްލާމީ ޝަރީއަތް" ކަމަށް ބުނެ މުޒާހަރާގެ ބައިވެރިއެއް ހިފައިގެން ހުރި ބޯޑެއް.
ޚުލާސާ

ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދަނީ ގިނަބަޔަކު ރުހޭ ނިޒާމަށް. އެއީ ޙުކުމްކުރުމުގައި ޤާނޫނުއަސާސީއަށް ރިޢާޔަތްކުރާ ނިޒާމް. މުޒާހަރާގެ ބައިވެރިން ގޮވައިލީ، މައްސަލަތަކުގެ އަސްލު ހައްލަކީ އިސްލާމީ ޝަރީޢާ ތަންފީޛުކުރުން.

މާލޭގައި އިމާރާތަކުން ވެއްޓުނު ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދާ މުޒާހަރާގައި އިސްލާމީ ޝަރީޢަތް ގާއިމުކުރުމަށް ގޮވާލައިފިއެވެ. މިރޭ އޮތް މުޒާހަރާގައި ބައިވެރިވި ޒުވާނުން ވަނީ "ހައްލަކީ އިސްލާމީ ޝަރީޢަތް" ކަމަށް ބުނާ ބޯޑުތަކެއް ހިފައިގެން އެމީހުންގެ އަޑު އިއްވާފައެވެ.

ރާއްޖޭގައި މިހާރު އޮންނަނީ އިސްލާމް ދީނުގައި ޙަރާމް ކަންތައްތައް ވެސް ހުއްދަކޮށްފައިވާ ޤާނޫނު އަސާސީއެއްގެ މައްޗަށް ބިނާކޮށް، އެ ޤާނޫނު އަސާސީއާއި ހަވާލާދީ ޙުކުމް އިއްވާ ސިސްޓަމެކެވެ. މިސާލަކަށް މަސްތުވާތަކެތި (ރާ) ހުއްދަ ކޮށްފައިވާ ޤާނޫނެކެވެ. އެގޮތުން ބައެއް ތަންތަނުގައި ރާ ވިއްކައި އެއިން މަންފާ ހޯދުން ހުއްދައެވެ. ހަމަ އެހެންމެ ރިބާގެ މުޢާމަލާތް ވެސް ހުއްދައެވެ. އަންހެނުން ޢައުރަ ނިވާނުކޮށް އުޅުނަސް ހުއްދައެވެ.

މިރޭ އޮތް މުޒާހަރާގައި ޤައުމުގެ ޒުވާނުން ގޮވާލާފައި ވަނީ، ވެއްޓިފައިވާ އަނދަވަޅުން މި ޤައުމަށް އަރައިގަނެވޭނޭ ހަމައެކަނި ގޮތަކީ އިސްލާމީ ޝަރީޢާ ޤާއިމްކުރުމެވެ.

Advertisement

Advertisement 1

މި މުޒާހަރާގެ މައިގަނޑު މަގުސަދަކީ ހ. ފެންޓޯނިއޯ އިމާރާތުން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނާ ރަޝީދުގެ މައްސަލައިގައި އިންސާފު ހޯދައިދިނުމެވެ. މުޒާހަރާގައި ބައިވެރިވި ގިނަ އަދަދެއްގެ ޒުވާނުން ވަނީ މި މައްސަލައިގައި ފުލުހުން އިންސާފުވެރި ތަޙުޤީޤެއް ނުހިންގާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެތެރޭގައި ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރި މީހުންނަށް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރިއެވެ. މިކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޕޮލިހަށް އެންގީ، އެ ޒުވާން އަންހެން މީހާއާއެކު އެރޭ އުޅުނު މީހުންގެ ތެރެއިން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރި މީހުންގެ މައްސަލަ ތަޙުޤީޤު ކުރަން ޖެހޭ ކަމަށެވެ.

އިސްލާމީ ޝަރީއަތް ޤާއިމްކުރުމަށް މުޒާހަރާގައި ގޮވާލިއިރު ބައެއް ޒުވާނުންގެ ކިބައިން މުޖުތަމަޢު އަދި އިސްލާމްދީން ވެސް ޤަބޫލުނުކުރާ މަންޒަރުތަކާއި އަޑުތައް ވަނީ އިވިފައެވެ. މިފަދަ ކަންކަމާއި ގުޅިގެން އާންމުން ވަނީ ހިންހަމަނުޖެހުން ފާޅުކޮށްފައެވެ. މުޒާހަރާ ތެރޭގައި ބޭއަދަބީ ބަސް ބޭނުން ކުރުމަކީ ދަށުދަރަޖައިގެ ކަމެއްކަން ފާހަގަކޮށް ބައެއް ބެލެނެވެރިން ބުނެފައިވަނީ އެއީ ޅަ އުމުރުފުރައިގެ ކުދިންނަށް ދެވޭ ވަރަށް ނުބައި މެސެޖެއް ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި ނިވާކަން ކުޑަ ހެދުން ލައިގެން އިންސާފު ހޯދުމަށް ނުކުމެ އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އާންމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ފުރާޅުން ވެއްޓުނު ހާދިސާ އާއި ގުޅިގެން މުޒާހަރާގައި ބައިވެރިވި ޒުވާނުން ވަނީ މި މައްސަލައިގައި އިންސާފު ހޯދައިދިނުމަށާއި، މުޖުތަމަޢުގައި އިތުރުވަމުންދާ މިފަދަ ހާދިސާތައް ހުއްޓުވުމަށް އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަކީ އެންމެ އެކަށީގެންވާ ހައްލު ކަމުގައި ފާހަގަކޮށްފައެވެ.

މުޒާހަރާ
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަމާން

455 ދުވަސް ކުރިން - 10:50

ޙައްލަކީ ޢުމަރު......ހިންގާނީ އިސްލާމީ ޝަރީޢަތް.%100

ގުޅޭ ޚަބަރުތައް

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

20 ގަޑިއިރު ކުރިން - 16:38

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

3 ދުވަސް ކުރިން - 13:43

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

40 ދުވަސް ކުރިން - 10:24

ހިޔާލު ފާޅުކުރުމުގައި އާންމު މަސްލަހަތު އިސްކޮށް ސުލްހަވެރިކަމާއެކު ކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

ސުލްހަވެރިކަމާއެކު ހިޔާލުފާޅުކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

96 ދުވަސް ކުރިން - 23:42

ސަރުކާރަށް ތާއީދުކުރާ ފަރާތްތައް މަގުތަކަށް ނުކުމޭ: އީރާން

ސަރުކާރަށް ތާއީދުކުރާ ފަރާތްތައް މަގުތަކަށް ނުކުމޭ: އީރާން

104 ދުވަސް ކުރިން - 22:57

އީރާނަށް ޙަމަލާ ނުދޭށޭ ބުނާ މީހުން އިޒުރޭލުން ހައްޔަރުކުރަން ފަށައިފި

އީރާނަށް ޙަމަލާ ނުދޭށޭ ބުނާމީހުން އިޒުރޭލުން ހައްޔަރުކުރަނީ

117 ދުވަސް ކުރިން - 14:34