Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އުރުދުންގެ ސަލާމަތަށް ނުރައްކާވާ ނެޓްވޯކެއް އަތުލައިގަތުން…

އުރުދުންގެ ސަލާމަތަށް ނުރައްކާވާ ނެޓްވޯކެއް އަތުލައިގަތުން…

އައިޝަތު އީމާން
410 ދުވަސް ކުރިން - 26 އޭޕްރިލް 2025 14:38
ޖޯޑަން ރަސްގެފާނު ކިންގް ޢަބްދުﷲ-2 އާއި ސީރިއާގެ މިހާރުގެ ރައީސް އަހްމަދު އަލް ޝަރާ އާއެކު.
ޖޯޑަން ރަސްގެފާނު ކިންގް ޢަބްދުﷲ-2 އާއި ސީރިއާގެ މިހާރުގެ ރައީސް އަހްމަދު އަލް ޝަރާ އާއެކު.
ޚުލާސާ

އުރުދުންގެ ސަރުކާރުން އިޒްރޭލުން ހިންގާ ޤަތުލު ޢާއްމުތަކަށް ސިއްރިއްޔާތުގައި އެހީތެރިވެދޭ ކަމަށް ބައިނަލްއަޤުވާމީ ބައެއް ފަރާތްތަކުން ފާހަގަ ކުރޭ. ނަމަވެސް އުރުދުން އިން ބުނަނީ އެއީ ދޮގެކޭ.

އުރުދުންގެ ސަލާމަތަށް ނުރައްކާތެރި ހަމަލާތަކެއް ދިނުމަށް މަސައްކަތްކުރި އުރުދުންގެ ބޮޑު ނެޓްވޯކެއް އުރުދުންގެ ސިއްރު ފުލުހުން ހައްޔަރު ކޮށްފައިވާކަމަށް އުރުދުން ސަރުކާރުން ބުނެފިއެވެ. އުރުދުންނުން މިގޮތަށް ބުނި ނަމަވެސް އުރުދުން ހައްޔަރުކުރީ އިޒްރޭލުން ފަލަސްޠީނުގައި ހިންގާ ލޭއޮހޮރުވުން ތަކަށް ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލަށް ހަމަލާ ދިނުމަށް އުޅުނު ނެޓްވޯކެއް ކަމަށް ވެއެވެ. 

އުރުދުންނުން ވަނީ މީގެ ކުރިން އީރާނުން އިޒްރޭލަށް އަމާޒުކުރި މިސައިލްތަކެއް ވެސް އުރުދުންގައި ތިބޭ އެމެރިކާގެ ސިފައިންގެ އެހީތެރިކަމާއެކު އިޒްރޭލަށް ފޯރުމުގެ ކުރިން ގޮއްވާލާފައެވެ. މިފަހަރު އުރުދުން އަތުލައިގަތް ހަތިޔާރުގެ ތެރޭގައި އަމިއްލައަށް އުފައްދާފައިވާ މިސައިލު ވެސް ހުރިކަމަށް ބުނެފައިވެއެވެ.

އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދާދިފަހުން އެމެރިކާއަށް ކުރެއްވި ދަތުރުގައި ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމާއި ގުޅޭގޮތުން ޓްރަމްޕު ދެއްކެވި ހުރިހާ ވާހަކައަކަށް ވެސް ރުހޭކަމަށް ވިދާޅުވިކަމަށްވެއެވެ.

Advertisement

Advertisement 1

ޖޯޑަން ރަސްގެފާނު ކިންގް ޢަބްދުﷲ-2 އާއި އެމެރިކާގެ ރައީސް ޓްރަމްޕް ބައްދަލުކުރައްވަނީ.

އެހެންނަމަވެސް އުރުދުންގެ ރައްޔިތުން އެކަމާ ނުރުހި ކެކިއަރަން ފެށުމުން ރަސްގެފާނު އެއްބަސްވީ ޣައްޒާގައި ޒަހަމުވާ މީހުން އުރުދުނަށް ގެނައުމަށެވެ. ޣައްޒާގެ ރައްޔިތުން އުރުދުންގައި ވަޒަންވެރިކުރުވަން ބޭނުން ނުވާކަން ހާމަކޮށް ބަޔާނެއް ވެސް ނެރުނުއިރު އުރުދުންގެ ރަސްގެފާނު ޓްރަމްޕާއި ބައްދަލުކުރައްވާ ދެބޭފުޅުން ވާހަކަ ދެއްކެވި ވަގުތު ޢަބްދުﷲ ރަސްގެފާނު ޓްރަމްޕަށް މާބޮޑަށް އަޅުދާސްވެ ފިނިވެފައި އިންނެވިކަން ފާހަގަކުރެވުނުކަމަށް ބުނެ މެދުއިރުމަތީގެ ނޫސްތަކާއި ޢަރަބި ޤައުމުތަކުގެ ރައްޔިތުން ރަސްގެފާނަށް ފާޑުކިޔާފައި ވެއެވެ.

އުރުދުންގެ ޝާހީ ވެރިކަމާއި މިޞްރު ސަރުކާރަކީ، އިޒްރޭލުން ހިންގާ ޤަތުލު ޢާއްމުތަކަށް ސިއްރިއްޔާތުގައި އެހީތެރިވެދޭ ދެޤައުމުކަމަށް ބައިނަލްއަޤުވާމީ ބައެއް ފަރާތްތަކުން ފާހަގަ ކުރި ނަމަވެސް އެކަން އެ ދެޤައުމުން ދޮގުކުރެއެވެ. މި ދެޤައުމަކީ ވެސް ފަލަސްޠީނާއި ބޯޑަރުން ގުޅިފައިވާ ދެޤައުމެވެ. އެހެންކަމުން އިޒްރޭލަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި މިދެޤައުމަކީ އެމެރިކާގެ ބައިވެރިން ކަމުގައި އެމެރިކާ ބުނެއެވެ.

އުރުދުން (ޖޯޑަން)ގެ ބޯޑަރާއި ގުޅިފައިވާ ގައުމުތައް ދައްކުވައިދޭ ޗާޓެއް.

އެމެރިކާގެ ނުފޫޛާއި ބިރުދެއްކުމުގެ ސަބަބުން ސައޫދީ ޝާހީ ވެރިކަމުން ވެސް އިޒްރޭލާއެކު ސިއްރިއްޔާތުގައި ގުޅުންތައް ބާއްވާ ކަމުގެ ތުހުމަތު ކުރެވިފައިވެއެވެ. އެހެންނަމަވެސް ސައޫދީ ރައްޔިތުންގެ ނުރުހުން އަމާޒު ވާނެތީ ސައޫދީން ވަނީ، އިޒްރޭލާއި ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކުރާނީ ފަލަސްޠީނުގެ ދައުލަތެއް ޤާއިމުވުމުންކަމަށް ބުނެފިއެވެ.

(ނޯޓް) އާޓިކަލް ލިޔުއްވީ: އަލްއުސްތާޛް ޢަލީ އާދަމް

ޖޯޑަންފަލަސްތީންއެމެރިކާއިސްރާއީލްމެދުއިރުމަތި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

8 މިނެޓު ކުރިން - 13:37

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

1 ދުވަސް ކުރިން - 13:13

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

1 ދުވަސް ކުރިން - 11:23

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

2 ދުވަސް ކުރިން - 10:24

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

2 ދުވަސް ކުރިން - 17:27

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

3 ދުވަސް ކުރިން - 12:57