ޣައްޒާގައި މިހާރު ކުރިމަތިވެފައިވާ ކާބޯތަކެތީގެ ހާލަތަކީ ވަރަށް ނުރައްކާތެރި ހާލަތެކެވެ. ދިގު މުއްދަތަކަށް ދެމިގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުންނާއި ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ އަގުތައް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. ބައެއް ކާބޯތަކެތީގެ އަގު ހުސްވި މަހާއި މަހާ އަޅާބަލާއިރު 1,400 އިންސައްތައަށް އަރާފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
ޣައްޒާއަށް މިހާރު ކާބޯތަކެތި ނުވެއްދޭތީވޭ، މަދު ފިހާރައެއްގައި ކޮންމެވެސް ވަރަކށް ކާބޯތަކެތި އެބަހުއްޓެވެ. ނަމަވެސް އެތަކެތި ގަންނާކަށް ޣައްޒާގެ ގިނަ ރައްޔިތުންގެ އަތަކު ފައިސާއެއްވެސް ނެތެވެ.
މަދުން ނަމަވެސް މިހާރު ލިބެންހުރި މައިގަނޑު ކާބޯތަކެތީގެ ތެރޭގައި ހަނޑޫ ކިލޯ އަކާއި ހަކުރު ކިލޯއެއް ގަންނަން ލިބެނީ 40 ޑޮލަރަށެވެ.
1 ލީޓަރުގެ އާދައިގެ ކައްކާ ތެޔޮ ފުޅިއެއް 5 ޑޮލަރަށް ހުރިއިރު 25 ކިލޯގެ ފުށްބަސްތާއެއް ވިއްކަނީ 300 ޑޮލަރަށެވެ. ފިޔާ ކިލޯއެއްވެސް 13 ޑޮލަރަށެވެ.
މި ހާލަތުގައި އެއް މިލިއަނަށް ވުރެ ގިނަ ކުޑަކުދިން ދަނީ ކޮންމެ ދުވަހަކު ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ. ޣައްޒާގެ އިންސާނީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.









