އިސްތަންބޫލް ރައްޔިތުން ބިރުވެރިކަމެއްގައި! މިއަދުވެސް ދެބިންހެލުން!

އައިޝަތު އީމާން | 6 ދުވަސް ކުރިން - 25 އޭޕްރިލް 2025 23:05
މިއަދު ވެސް ތުރުކީވިލާތަށް 4.8ގެ ބާރުމިނުގައި ބިންހެލުމެއް އައި.
މިއަދު ވެސް ތުރުކީވިލާތަށް 4.8ގެ ބާރުމިނުގައި ބިންހެލުމެއް އައި.
ޚުލާސާ

އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. އާފްޓަރޝޮކްތައް އަންނަމުންދާއިރު، މާހިރުން އިންޒާރު ދެނީ ބޮޑު ބިންހެލުމެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށް.

އިސްތަންބޫލްގައި ބިންހެލުމްތައް ދަނީ ކުރިއަށެވެ. ބުދަ ދުވާހާއި ބުރާސްފަތި ދުވަހު ބިންހެލުން އައިއިރު މިއަދު ވެސް އިތުރު ދެ ބިންހެލުމެއް ރެކޯޑުކުރެވިފައިވާ ކަމަށް ކަމާބެހޭ ފަރާތުން ބުނެއެވެ.. މި ބިންހެލުންތައް އައިސްފައިވަނީ ބުދަ ދުވަހު އައި 6.2 ގެ ވަރުގަދަ ބިންހެލުމަކަށްފަހުގައެވެ. އެ ބިންހެލުން އައީ އިސްތަންބޫލްގެ ދެކުނު ހުޅަނގުން ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުގައިވާ ސިލިވްރީ ކައިރީގައިވާ މާމަރާ ކަނޑަށެވެ.

ފުރަތަމަ އައި ބިންހެލުމުގެ ސަބަބުން ބޮޑު ބިރުވެރިކަމެއް އުފެދި، މީހުން އިމާރާތްތަކުން ފައިބަން މަސައްކަތްކުރުމުގެ ތެރޭގައި ގިނަ ބަޔަކަށް އަނިޔާވިއެވެ. އޭގެފަހުން މިހާތަނަށް 100 އަށްވުރެ ގިނަ އާފްޓަރޝޮކް އައިސްފައިވާއިރު، މިއަދު 4.8 ގެ ބާރުމިނުގެ ބިންހެލުން އައީ ހެނދުނުއެވެ. މި ބިންހެލުން އައީ ތުރްކިޔޭގެ ހުޅަނގުގައި އޮންނަ ކުތައްޔާއަށެވެ.

މިއަދުގެ ބިންހެލުންތަކުން މީހަކަށް ހާނީކައެއް ނުވިޔަސް، މާހިރުން އިންޒާރުދެނީ އިސްތަންބޫލަކީ ނޯތު އެނަޓޯލިއަން ފޯލްޓާ ކައިރީގައި އޮންނަ ސަރަހައްދަކަށްވުމުން، ދުރުނޫން މުސްތަގުބަލެއްގައި ނުރައްކާތެރި ބޮޑު ބިންހެލުމެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%