ރާއްޖޭގައި ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން "ފެއާއަކީ ގައުމީ ޔުނިވަސިޓީއާއި ޑަބްލިއުއެޗްއޯ އަދި ޔުނިސެފް ގުޅިގެން ބާއްވާ ފެއާއެކެވެ. ފެއާ ކުރިއަށްދާނީ މިރޭ 10:00 އާ ހަމައަށެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މި ފެއާއަކީ ގައުމީ ޔުނިވަސިޓީއާއި ޑަބްލިއުއެޗްއޯ އަދި ޔުނިސެފް ގުޅިގެން ބާއްވާ ފެއާއެކެވެ. ފެއާ ކުރިއަށްދާނީ މިރޭ 10:00 އާ ހަމައަށެވެ.

ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދެއްކެވި ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި ފެއާއަކީ މުޖުތަމައުގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށާއި ސިއްހީ އެކި ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ މުހިންމު ހަރަކާތެއް ކަމަށެވެ.

މިއަހަރުގެ ޝިއާރަކީ "ދުޅަހެޔޮ ފެށުމެއް: އުންމީދީ މުސްތަގުބަލެއް" އެވެ. ޝެހެނާޒް ވިދާޅުވީ މިއީ ދުޅަހެޔޮކަންމަތީ ދެމިތިބުމަށް އެންމެ މުހިންމީ ޅަފަތުގައި ދުޅަހެޔޮވުންކަން ދޭހަކޮށްދޭ ޝިއާރެއްކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޑރ. ޕަޑްމަލް ޑި ސިލްވާ ސިއްހީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި 1965 ވަނަ އަހަރު ރާއްޖޭގެ އެވަރެޖް އުމުރަކީ 42 އަހަރު ކަމަށްވީއިރު މިހާރު އެ އަދަދު 80 އަށް އަރާފައިވާކަން ހިމެނެއެވެ.

ޔުނިސެފްގެ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް އީސީ ފައިންގޯލްޑް ވިދާޅުވީ ބަލި ޖެހުމުގެ ކުރިން އޭގެން ރައްކާތެރިވުމަށް އަހުލުވެރިވުމާއި އިންވެސްޓްކުރުން މުހިންމު ކަމަށެވެ.

މި ފެއާގައި 15 އަށްވުރެ ގިނަ ސްޓޯލް ބަހައްޓާފައިވާއިރު ހިލޭސާބަހަށް ހެލްތު ސްކްރީނިންތައް ކުރެވޭނެ ކަމަށް ގ ކަމަށް ގައުމީ ޔުނިވަސިޓީން މައުލޫމާތު ދީފައިވެއެވެ.