Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަޢުލޫމާތު އާންމުކުރުމުގައި މިހާރުގެ އުޞޫލުތަކަށް ބަދަލުގެނެސް ރައްޔިތުން އިސްކުރުމަށް ރައީސް އެދިވަޑައިގެންފި

މަޢުލޫމާތު އާންމުކުރުމުގައި މިހާރުގެ އުޞޫލުތަކަށް ބަދަލުގެނެސް ރައްޔިތުން އިސްކުރުމަށް ރައީސް އެދިވަޑައިގެންފި

ހުސައިން އިސްމާއިލް
448 ދުވަސް ކުރިން - 25 އޭޕްރިލް 2025 16:24
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕޮލިސް
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ސީނަކަށް އެޓެންޑުވެ އެ މައްސަލަ ބަލަން ފަށާ ހިސާބުން ރައްޔިތުންނަށް މަޢުލޫމާތު ހިއްސާކުރާގޮތަށް ޕްރޮސީޖަރ ބަދަލުކުރުމަށް ރައީސް އެދިވަޑައިގަތް.

މަޢުލޫމާތު އާންމުކުރުމުގައި މިހާރު ޢަމަލުކުރަމުންދާ އުޞޫލުތަކަށް ބަދަލުގެނެސް، ރައްޔިތުން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުލުހުންގެ މުއައްސަސާއިން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދޭ އެންމެ ބޮޑު މުއައްސަސާކަމަށެވެ. އަދި ކަމެއް ބަލަން ފަށާ ހިސާބުން އެންމެ ފުރަތަމަވެސް އެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވުމަށް އެދިވަޑައިގަތެވެ.

ރައީސް އެދިވަޑައިގަތީ، ކަމެއް ދިމާވެގެން ބަލަން ފަށާ މައްސަލައެއްގައި، އެއީ ވެދާނެ ކޮންމެ ފަދަ މައްސަލައަކަށްވިޔަސް، ފުލުހުން އެކަމަކަށް އެޓެންޑުވެ އެ މައްސަލަ ބަލަން ފަށާ ހިސާބުން ފުރަތަމަވެސް ރައްޔިތުންނަށް މަޢުލޫމާތު ހިއްސާކުރާގޮތަށް ޕްރޮސީޖަރ ބަދަލުކުރުމަށެވެ.

Advertisement

Advertisement 1

އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ތެރޭގައި މަޢުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާއަށް ބޮޑުކަމަށާއި، އެ ސަޤާފަތް ނައްތާލަންޖެހޭކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ ތެރޭގައި އޮންނަންޖެހޭ އިތުބާރު އޮންނަންޖެހޭ މިންވަރަށް ޤާއިމުކުރުމުގައިވެސް މަޢުލޫމާތު ހިއްސާކުރުން މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ތެރޭގައި އިތުބާރު ވަރުގަދަކޮށް ދަމަހައްޓާ ކުރިއެރުވުމުގައި ކޮށްދޭންޖެހޭ ކޮންމެ މަސައްކަތެއް އަދި ގެނެސްދޭންޖެހޭ ކޮންމެ ކުރިއެރުމެއް ގެނެސްދިނުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވި އޮފިސަރުންނަށް ޕްރައިޑް އެންޑް މެރިޓް އެވޯޑު ޙަވާލުކޮށްދެއްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމޯލްޑިވްސް ޕޮލިސް ސަރވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

4 ގަޑިއިރު ކުރިން - 05:40

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

17 ގަޑިއިރު ކުރިން - 16:01

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

17 ގަޑިއިރު ކުރިން - 15:54

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

1 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

1 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

2 ދުވަސް ކުރިން - 11:20