Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް ރަސްމީ ދަތުރުފުޅެއްގައި އާދިއްތަ ދުވަހު މެލޭޝިއާއަށް ފުރާވަޑައިގަންނަވަނީ

ރައީސް ރަސްމީ ދަތުރުފުޅެއްގައި އާދިއްތަ ދުވަހު މެލޭޝިއާއަށް ފުރާވަޑައިގަންނަވަނީ

އަހްމަދު އީޒާން
503 ދުވަސް ކުރިން - 24 އޭޕްރިލް 2025 18:42
ރައީސުލްޖުހޫރިއްޔާ ޑރ. މުޢިއްޒު އަދި ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުހޫރިއްޔާ ޑރ. މުޢިއްޒު އަދި ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މި އަންނަ އާދިއްތަ ދުވަހު މެލޭޝިއާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އަންނަ އާދިއްތަ ދުވަހުން ބުދަ ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްއާ އެކު ކެބިނެޓު މިނިސްޓަރުންނާއި ސަރުކާރުގެ އިސްބޭފުޅުންގެ ވަފުދެއް ވެސް މެލޭޝިއާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއީ ރައީސް ޑރ. މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

Advertisement

Advertisement 1

ދެ ގައުމުގެ ގާތް ގުޅުން ހަރަދުނާވެގެން ދާނެ މި ދަތުރުފުޅުގައި މަލޭޝިއާގެ ބޮޑުވަޒީރާ ރައީސް ބައްދަލުކުރައްވައި, މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ވަރުގަދަކުރުމަށާއި ސަރަހައްދީ އަދި ދުނިޔޭގެ މަޝްރަހާ ބެހޭ ގޮތުން ހިޔާލު ބަދަލުކުރައްވައި, ދެ ގައުމުގެ މެދުގައި އާ ގުޅުންތައް ގާއިމުކުރުމުގެ މަގުތައް ބަލައި ދިރާސާކުރުމަށް އަމާޒުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މެލޭޝިއާގެ އިންވެސްޓަރުންނާ އެކު ބާއްވާ ހާއްސަ ވިޔަފާރިގެ ފޯރަމެއްގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ރައީސް ވަޑައިގެން ތަގުރީރު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވައި, އެ މީހުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމެލޭޝިއާރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05