ޓީއެންޓީ 23 އަހަރުން ދަށުގެ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

އައިޝަތު އީމާން | 160 ދުވަސް ކުރިން - 23 އޭޕްރިލް 2025 03:12
ގުރުއަތު ލުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސެލް ކުޅުންތެރިޔާ އަޔާޒް އަހްމަދު (އަޔާ).
ގުރުއަތު ލުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސެލް ކުޅުންތެރިޔާ އަޔާޒް އަހްމަދު (އަޔާ).
ޚުލާސާ

8 ގުރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތް ފަށާނީ މެއި 2 ވަނަ ދުވަހުގެރޭ 20:00 ގައި. މުބާރާތުގައި ޖުމްލަ 30 ޓީމް ބައިވެރިވާނެ.

ރާއްޖޭގެ އެންމެ ފޯރިގަދަ ޒުވާނުންގެ ފުޓްސަލް މުބާރާތް ކަމަށްވާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރުއަތުލުން ބާއްވައިފިއެވެ.

މެއި މަހުގެ 2 އިން 13 ވަނަ ދުވަހުގެ ނިޔަލަށް ކުޅެން ހަމަޖެހިފައިވާ މި "ހައި އެނާޖީ މުބާރާތް" ކުރިޔަށްދާނީ ހުޅުމާލެ ފޭސް ދޭއްގެ ދެ ދަނޑުގައެވެ. އަދި ކުއާޓާ ފައިނަލުން ފެށިގެން ފައިނަލާއި ހަމަޔަށް ކުޅޭނީ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގެ މަޤްސަދަކީ މުޅި ރާއްޖޭގައި އުފެދިފައިވާ ފުޓްބޯޅަ ހުނަރުވެރިންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ދިނުމެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 20 ޓީމު ބައިވެރިވެފައިވާއިރު ކުލަބް ޓީއެންޓީގެ މެނޭޖްމަންޓަށް އޮންނަ އިތުބާރާއި ކުރީގެ މުބާރާތުގެ ފޯރިއާއެކު، މިފަހަރު 30 ޓީމު ވާދަކުރާތަން ފެންނާނެއެވެ.

"ޓީއެންޓީ ފުޓްސަލް 2025" ގެ ގުރުއަތު ލުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އިލާލާ އެވެ. އަދި މީޑިއާ ޕާޓްނަރަކީ ޚުލާސާ އެވެ.

ގްރޫޕްތައް ބެހިފައިވާ ގޮތް:

ގްރޫޕް އޭ

އެސްސީ ޝެޑޯސް

އެމްޕޯރިއަމް ސްޕޯޓްސް ކްލަބް

ފަސްތަރި ސްޕޯޓްސް ކްލަބް

ވަސިލިއާސް


ގްރޫޕް ބީ

ސްޕޯޓްސް ކްލަބް ބަފަނަ

ގަލަކްޓިކޯސް

ކްލަބް ލޮތާރި

ޖޭއެސްސީ ޖަނަވަރީޔަންސް


ގްރޫޕް ސީ

ޔޫއެން ފްރެންޑްސް

ކްލަބް ޕީކޭ

ލޮރެންޒޯ ސްޕޯތްސް ކްލަބް

އާކޮންސް


ގްރޫޕް ޑީ

އާރްބީއެލް ސްޕޯޓްސް ކްލަބް

އެފްސީ އަމިގޯސް

އަނަކީ

ލަ ފަމިލިއާ ސްޕޯޓްސް ކްލަބް


ގްރޫޕް އީ

ޕާކް ސްޕޯޓްސް ކްލަބް

ޕާކް ބޯއީސް

އަނަކީ ސްޕޯޓްސް ކްލަބް

ބަގޭސް


ގްރޫޕް އެފް

ވީއެންޓީ ފުޓްސަލް ވޭރިއާސް

ދިޔަމިގިލި އެފްޓީ

ކިންގްސް ކްރޫ

ގޫވަލް އެފްސީ


ގްރޫޕް ޖީ

ބްރަދާސް އޮފް ދަ ގްރާންޑޭ އެފްސީ

ކްލަބު ވަލްޗަރސް

ޕީކޭ އެކަޑެމީ


ގްރޫޕް އެޗް

ޓީއެފްޕީ

ކްލަބް ބައިސާ

ޔުނައިޓެޑް އީސްޓް ކޯސްޓް

"ޓީއެންޓީ ފުޓްސަލް 2025" ގެ ގުރުއަތު ލުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ލިބޭއިރު، ރަނަރަޕް ޓީމަށް 15،000ރުފިޔާ ލިބޭ ޒުވާން އުމުރުފުރާއަށް ހާއްސަ މި މުބާރާތަކީ ރާއްޖޭގެ ބޮޑެތި ކުލަބުތަކުން ލޯ އަޅާނެ މުބާރާތެއްކަން ފާހަގަ ކޮށްލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%