Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދައުރު ނިމުމުގެ ކުރިން ޑޮލަރު ރޭޓް 15.42ރ. އަށް ވެއްޓޭނެ: ރައީސް

ދައުރު ނިމުމުގެ ކުރިން ޑޮލަރު ރޭޓް 15.42ރ. އަށް ވެއްޓޭނެ: ރައީސް

އާނާ ފަހީމް
477 ދުވަސް ކުރިން - 23 އޭޕްރިލް 2025 02:51
އަޅަމުން ގެންދާ ފިޔަވަޅުތަކަށް އަމަލުކުރަންމުންދާ ނަމަ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލެވޭނެ. / އާޓްވޯކް: ޚުލާސާ
އަޅަމުން ގެންދާ ފިޔަވަޅުތަކަށް އަމަލުކުރަންމުންދާ ނަމަ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލެވޭނެ. / އާޓްވޯކް: ޚުލާސާ
ޚުލާސާ

ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ޑޮލަރުގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމްކުރުން.

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަން އެއްކޮށް ހައްލުވެ، 2027 ނިމުމުގެ ކުރިން ޑޮލަރު ރޭޓް 15.42ރ. އަށް ވެއްޓޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދެނޯ" ގެ އެއް ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، "އިރާދަކުރެއްވިއްޔާ ޑޮލަރުގެ މައްސަކަ އެއްކޮށް ހައްލުވާނެ ކަމަށާއި ނަމަވެސް ވަރަށް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ. އަދި މަސައްކަތް ކުރަނީ 2027 ގެ ނިޔަލަށް ޑޮލަރު ރޭޓު، އޭގެ އަސްލު ރޭޓް (ބެންކު ރޭޓުގައި) ލިބެން ހުންނާނެ ގޮތަށް ހެދުމަށެވެ.

ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ޑޮލަރުގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ހެދުމެވެ. މިގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރުމުގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ.

Advertisement

Advertisement 1

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޑޮލަރުގެ ރޭޓު ހައްލުކުރުމަށް ސަރުކާރު މިހާރު މިތިބީ ރަނގަޅު ޓްރެކެއްގައި ކަމަށާއި، ޑޮލަރު މާރު ކުރަންވެސް އެންމެންވެސް އެއްބާރުލުން ދޭތީ ވަރަށް ބޮޑަށް އުފާކޮށް ޝުކުރު އަދާކުރާ ކަމަށެވެ. އެމަނިކުފާނުގެ ޝުކުރުގެ ލިސްޓުގައި ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގެ ވެރިން ހާއްސަކުރިއެވެ.

ޑޮލަރު މާރު ކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މިދިޔަ މަހުގެ ނިޔަލަށް 150 މިލިއަން ޑޮލަރު ވަނީ ރިސޯޓުތަކުން މާރުކޮށްފައެވެ. މިހާރު އަޅަމުންދާ ފިޔަވަޅުތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަޅަމުން ގެންދާ ނަމަ، ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޑޮލަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ: ސައީދު

"ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ"

16 ގަޑިއިރު ކުރިން - 10:15

މި ސަރުކާރުން ޒުވާނުންނަށް މަތީ ތަޢުލީމާއި ވަޒީފާގެ އާ ފުރުޞަތުތަކެއް ފަހިކޮށްދެނީ

ޒުވާނުންނަށް މަތީ ތަޢުލީމާއި ވަޒީފާގެ އާ ފުރުޞަތުތަކެއް ފަހިކޮށްދެނީ

1 ދުވަސް ކުރިން - 14:05

އެމްޑީޕީން އުވާލަން އުޅުނު ޢަރަބިއްޔާ، މި ސަރުކާރުން މިއަހަރު ނިންމަނީ

އެމްޑީޕީން އުވާލަން އުޅުނު ޢަރަބިއްޔާ، މި ސަރުކާރުން މިއަހަރު ނިންމަނީ

1 ދުވަސް ކުރިން - 13:08

އެމްޑީޕީއަށްވުރެ އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު: ޔާމީން

އެމްޑީޕީއަށްވުރެ އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު: ޔާމީން

3 ދުވަސް ކުރިން - 12:40

ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް، ދައްކަނީ އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫން: ރައީސް

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

7 ދުވަސް ކުރިން - 08:44

2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ހުރިހާ ވައުދެއް ފުއްދައި ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

2028 ގައި ހުރިހާ ވައުދެއް ފުއްދައި ނިންމަވާނަން: ރައީސް

7 ދުވަސް ކުރިން - 08:35