ވޭޕް މަނާކުރީ އާއިލީ މައްސަލައަކާ ހެދިއެއް ނޫން: ރައީސް

އާނާ ފަހީމް | 180 ދުވަސް ކުރިން - 22 އޭޕްރިލް 2025 02:59
ރައީސް ވިދާޅުވީ ވޭޕް މަނާކުރީ ކުޑަކުދިން އެ ބޭނުންކުރުން ވަރަށް ބޮޑަށް އިތުރުވެ ޖީލެއް ސަލާމަތް ކުރުމުގެ ގޮތުން ކަމަށް. / އާޓްވޯކް: ޚުލާސާ
ރައީސް ވިދާޅުވީ ވޭޕް މަނާކުރީ ކުޑަކުދިން އެ ބޭނުންކުރުން ވަރަށް ބޮޑަށް އިތުރުވެ ޖީލެއް ސަލާމަތް ކުރުމުގެ ގޮތުން ކަމަށް. / އާޓްވޯކް: ޚުލާސާ
ޚުލާސާ

ވޭޕް މަނާކުރީ ދުންފަތުގެ ނޭދެވޭ އަސަރުތަކާ ހެދި ކަމަށާއި އަދި ސްކޫލްތަކާއި ބެލެނެވެރީންގެ ފަރާތުން ލިބުނު ޕެޓިޝަންތަކަކުން ކަމަށް ރައީސް ވިދާޅުވި.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރީ އާއިލީ މައްސަލައަކާ ހެދިގެން ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ "ދެނޯ" ގެ އެއްވަނަ އެޕިސޯޑްގައި ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅު ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީވެސް ދުވަހަކު ދުންފަތުގެ އިސްތިޢުމާލު ކުރި މީހެއް ނޫން ކަމަށާއި ދުންފަތުން އެއްވެސް ފައިދާއެއް ލިބޭކަމަކަށް ޤަބޫލުނުކުރާކަމަށް ވެސް ވިދާޅުވިއެވެ. އަދި ވޭޕް މަނާކުރުމުގެ ވާހަކަ ވަރަށް ކުރީއްސުރެ ފަށައިގެން ދައްކަމުން އައި ކަމަށްވެސް ފާހަގަކުރެއްވިއެވެ.

"އެހެން އޮއްވައި ވޭޕް ބޭން މި އައީ ދާދި ފަހުން، ވޭޕް ބޭނުން ކޮށްގެން އެނގިވެސް ނޭނގިވެސް ކުދިންނަށް އަދި ސްކޫލް ކުދިންނަށް ދޭ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ގުރުއާން ކްލާހަށް ދާ 8-9 އަހަރުގެ ކުދިންގެ ދަބަހުން ވޭޕް ފެނިފައިވާ ކަމަށް ބައެއް މައިންބަފައިން އެމަނިކުފާބަށް މެސެޖް ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވޭޕް މަނާކުރީ އެކަން މުޖުތަމަޢުގެ ތެރެއަށް ފެތުރެމުންދާތީ، ގިނަ ޕެޓިޝަންތަކެއް ލިބުމާ ގުޅިގެން ކެބިނެޓްގައި މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.

ރައީސްގެ އާއިލާއާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ އާއިލާގެ ނަން ބޭނުންކޮށްގެން މިފަދަ ގޮތަކަށް ވާހަކަދެއްކުމަކީ އުނދަގޫވާ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ދަރިންނަކީ އަޚްލާޤު ރަނގަޅު، ނަމާދުކޮށް އެއްވެސް ގޯސްކަމެއް ކުރާނެ ކުދިން ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އަދި މިފަދަ ތަކެތި ބޭނުންކުރާނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަންވެސް ވަނީ ނިންމާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%