ސަރުކާރުން ޓިކްޓޮކް މަނާކުރަން ނޫޅޭ: ރައީސް

އާނާ ފަހީމް | 181 ދުވަސް ކުރިން - 22 އޭޕްރިލް 2025 02:42
ޓިކްޓޮކް - މި އެޕްލިކޭޝަން ރާއްޖޭގައި މަނާކުރަން ނޫޅޭ. / އާޓްވޯކް: ޚުލާސާ
ޓިކްޓޮކް - މި އެޕްލިކޭޝަން ރާއްޖޭގައި މަނާކުރަން ނޫޅޭ. / އާޓްވޯކް: ޚުލާސާ
ޚުލާސާ

ޓިކްޓޮކްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި މީސްމީޑިއާގެ ބޭނުން އިތުރަށް ހިފުމާއި ޑިޖިޓަލް އިކޮނޮމީ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރެވި ޓިކްޓޮކް ބޭން ކުރުމަށް ނޫޅޭކަމަށް ރައީށް ވިދާޅުވެއްޖެ

ސަރުކާރުން ޓިކްޓޮކް މަނާކުރަން ނޫޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ "ދެނޯ" ޕްރޮގްރާމްގެ އެއްވަނަ އެޕިސޯޑްގައި "ކެޕް އޯ ފެކްޓް" ނަމުގައި ކުޅުނު ގޭމެއްގެ ތެރެއިންނެވެ.

"އެއީ ކެޕް، ދޮގެއް. ކަނޑައެޅިގެން ދޮގެއް އެއީ. އަޅުގަނޑު ހައިރާންވޭ އެ ވާހަކަ އެގޮތަށް ފެތުރުނީމަ" ރައީސް ވިދާޅުވިއެވެ.

ނިމިދިޔަ ހަފްތާގައި ޓިކްޓޮކްގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި މީސްމީޑިއާ އާއި ޕްރޮމޯޝަނަލް ކަންކަމުގައި އަދި ޑިޖިޓަލް އިކޮނޮމީގައި ޓިކްޓޮކްގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ރައީސް ވަނީ މި ޕްރޮގްރާމްގައި ވިދާޅުވެފައިވެއެވެ.

"މިސާލަކަށް ޓޫރިޒަމް ޕްރޮމޯޝަން، މަނިޓައިޒް ކުރުމުގައި ޕޭމެންޓް ސިސްޓަމް އިތުރަށް ޔޫސް ކުރެވޭނެ ގޮތްތައް ފަހިކުރަން ޖެހޭ ކަމަށާއި، އެފަދަ ވާހަކަތައް ދެކެވުނު،" ރައީސް ވިދާޅުވިއެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށް ރޭވިފައިވާ ކަންތައްތައް ޓިކްޓޮކްގެ ވަފުދާ ހިއްސާކުރެއްވި ކަމަށާއި، މި މަސައްކަތުގައި އެހީތެރިވެދޭނެ ކަމަށް އެބޭފުޅުންގެ ފަރާތުން ޔަޤީންކަން ލިބުނު ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%