57 ރަށެއްގައި ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ

އަހްމަދު އީޒާން | 10 ދުވަސް ކުރިން - 22 އޭޕްރިލް 2025 14:39
ސަރުކާރުން ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތައް / ފޮޓޯ: އާރުޑީސީ
ސަރުކާރުން ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތައް / ފޮޓޯ: އާރުޑީސީ
ޚުލާސާ

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށް.

ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި ވަކިވަކި އިއުލާންތަކުގައި ބުނީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ, އެ މަސައްކަތްތަކަށް ޕްރީކޮލިފައިވުމަށް ކުރިމަތިލުމުގެ ފުރުސަތު ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާންތަކުގައި ބުންޏެވެ.

ބައެއް ރަށްރަށުގައި 500 އަދި އަނެއް ބައި ރަށްރަށުގައި 100 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމައިފަ އެވެ.

މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެ ޔުނިޓުތައް އިމާރާތްކޮށްދޭން ހުށަހަޅާއިރު، ޕްރީ-ކޮލިފިކޭޝަނުގައި ބައިވެރިވުމަށް 1,500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

އެ އިއުލާނުގައި ބުނީ ބީލަން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް, ކޮންމެ އިއުލާނެއްގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިންނެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 11, 12, 13 އަދި 14 ވަނަ ދުވަހު އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ހިންގާ މަޝްރޫއުތަކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%