Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެފްޑީސީއިން ހުޅުމާލޭގެ 704 ފްލެޓް އިމާރާތުގެ މަރާމާތުގެ މަސައްކަތާއި ހަވާލުވަނީ

އެފްޑީސީއިން ހުޅުމާލޭގެ 704 ފްލެޓް އިމާރާތުގެ މަރާމާތުގެ މަސައްކަތާއި ހަވާލުވަނީ

އައިޝަތު ރުވާ ރިފްޢަތު
505 ދުވަސް ކުރިން - 22 އޭޕްރިލް 2025 14:49
އެފް.ޑީ.ސީ އާ ހަވާލުކުރެވުނު 704 ފްލެޓުގެ މަރާމާތު މަސައްކަތަށް އިންސްޕެކްޝަން ކުރަނީ/ ފޮޓޯ: އެފްޑީސީ
އެފް.ޑީ.ސީ އާ ހަވާލުކުރެވުނު 704 ފްލެޓުގެ މަރާމާތު މަސައްކަތަށް އިންސްޕެކްޝަން ކުރަނީ/ ފޮޓޯ: އެފްޑީސީ
ޚުލާސާ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް މި އިމާރާތްތަކުގެ ޙާލަތު ބެލުމުގެ މަސައްކަތް ކުރިއަށްދާނެ.

"ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 704 ފްލެޓް އިމާރާތުގެ މަރާމާތުގެ މަސައްކަތާ ހަވާލުވުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ނިންމައިފިއެވެ.

އެފްޑީސީން ބުނީ، މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް މި އިމާރާތްތަކުގެ ޙާލަތު ބެލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. މި އިންސްޕެކްޝަންގެ މައިގަނޑު ބޭނުމަކީ އެފްޑީސީއިން މި އިމާރާތްތަކާ ޙަވާލުވުމުގެ ކުރިން ތަނުގެ ޙާލަތު ދެނެގަތުންކަމަށެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، "މި އިންސްޕެކްޝަންގެ ސަބަބުން ފްލެޓްތަކުގައި މަރާމާތު ކުރަންޖެހޭ ސަރަޙައްދުތައް ފާހަގަކުރެވި، މިހާރުގެ ޙާލަތަށްވުރެ ފްލެޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ" ކަމަށެވެ. އަދި މި ސްޓްރަކްޗަރަލް އެސެސްމެންޓުގެ މަސައްކަތްތައް ނިމެމުންދާ މިންވަރަކުން އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދެމުން ދާނެކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

Advertisement

Advertisement 1

މި 704 ފްލެޓް އިމާރާތް ތަރައްޤީކޮށްފައިވަނީ ޗައިނާ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ. މި ފްލެޓުތަކުގެ މަސައްކަތް ނިންމާ މީހުން ދިރިއުޅެން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސޯޝަލް ހައުސިންގއަށް ޚާއްސަކޮށްގެން އެންމެފަހުން ދޫކޮށްފައިވާ ފްލެޓްތަކެވެ.

އެފްޑީސީއިން މިހާރު ދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ފްލެޓުގެ މަސައްކަތްވެސް ކުރިއަށް ގެންދަމުންނެވެ. މިއީ އެ ކުންފުނީގެ މިހާރުގެ އެންމެ ބޮޑު އަމާޒު ކަމުގައި ފާހަގަކުރެވެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ފޭސް 2 ގެ އާންމު ސަރަހައްދުތަކުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

އާންމު ސަރަހައްދުތަކުން އެފްޑީސީން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

38 ދުވަސް ކުރިން - 10:48

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

97 ދުވަސް ކުރިން - 15:12

ފަހި ދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ފަހިދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލްއިން ލިބޭނެ

125 ދުވަސް ކުރިން - 20:49

ފަހި ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފާރަތްތަކުގެ އިހުމާލުން ޖަންކްޝަން ބެދި ނަޖިސް ލީކުވަނީ

ކުނި-އެޅިގެން ފަހި ފްލެޓްތަކުގެ ޖަންކްޝަންތައް ބެދި ލީކުވަނީ

174 ދުވަސް ކުރިން - 13:41

އެފްޑީސީ ފްލެޓްތައް ކުއްޔަށް ދީފިނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު ދީފި

ކުއްޔަށްދޭނަމަ ޖޫރިމަނާކޮށް ފްލެޓް އަތުލާނަން: އެފްޑީސީ

186 ދުވަސް ކުރިން - 13:38

އެފްޑީސީގެ ޗެއާޕާސަން އަދި ބޯޑު މެންބަރުކަމުން ނަޝްވާ ވަކިކޮށްފި

އެފްޑީސީގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ ވަކިކޮށްފި

195 ދުވަސް ކުރިން - 19:31

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%