Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްޖިދުއްނަބަވީގެ އިމާމުގެ ދަތުރުފުޅުން ރަމްޒުކޮށްދެނީ ރާއްޖެއާއި ސަޢުދީއާ ދެމެދު އޮތް އަޚުވަންތަކަމުގެ ގުޅުން: ރައީސް

މަސްޖިދުއްނަބަވީގެ އިމާމުގެ ދަތުރުފުޅުން ރަމްޒުކޮށްދެނީ ރާއްޖެއާއި ސަޢުދީއާ ދެމެދު އޮތް އަޚުވަންތަކަމުގެ ގުޅުން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
496 ދުވަސް ކުރިން - 22 އޭޕްރިލް 2025 14:45
މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރައީސް އާއި ބައްދަލުކުރެއްވުން/ ފޮޓޯ؛ ރައީސް އޮފީސް
މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރައީސް އާއި ބައްދަލުކުރެއްވުން/ ފޮޓޯ؛ ރައީސް އޮފީސް
ޚުލާސާ

މި ބައްދަލުވުމުގައި ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވީ، ދެ ޤައުމުގެ ގުޅުމަކީ އިސްލާމްދީނުގެ ޢަޤީދާއާ ގުޅިފައިވާ ކަމެއްކަމަށް އަދި ކުރިމަގުގައި މިގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ވިދާޅުވި.

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުން ރަމްޒުކޮށްދެނީ ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް އަޚުވަންތަކަމުގެ ގުޅުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރައީސް އޮފީހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، މަސްޖިދުއްނަބަވީގެ އިމާމެއް ރާއްޖެއަށް ވަޑައިގަތުމަކީ ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

Advertisement

Advertisement 1

ރައީސްގެ ވާހަކަފުޅުގައި، މީގެ 41 އަހަރު ކުރިން ފަހުން މަސްޖިދުއްނަބަވީގެ އިމާމަކު ރާއްޖެއަށް ވަޑައިގެންފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީީތެރިކަމާއި އެއްބާރުލެއްވުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކަށާއި އިސްލާމީ ތަޢުލީމު ފުޅާކުރުމަށް ދެއްވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ސަޢުދީ ސަރުކާރުން ދެއްވާ އަޅާލުމާއި އޯގާތެރިކަމަށްޓަކައި ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވީ، ދެ ޤައުމުގެ ގުޅުމަކީ އިސްލާމްދީނުގެ ޢަޤީދާއާ ގުޅިފައިވާ ކަމެއްކަމަށެވެ. އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އޭގެއިތުރުން، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސަޢުދާއި، ވަލީއަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާންގެ ހެޔޮއެދުންތައް ރައީސް މުޢިއްޒަށް ޝައިޚް ރައްދުކުރެއްވިއެވެ.

ބައްދަލުވުން ނިމުމުގެ ކުރިން، ދެ ބޭފުޅުންވެސް ފާހަގަކުރެއްވީ މި ދަތުރުފުޅާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސައޫދީ އަރަބިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

6 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

6 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

6 ގަޑިއިރު ކުރިން - 16:42